ހުޅުމާލެ 3 ވަނަ ފިޔަވަހި ފަޅުތެރޭގައި އަޅާފައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި
ހުޅުމާލެ 3 ވަނަ ފިޔަވަހި ފަޅުތެރޭގައި އަޅާފައި ހުރި އުޅަނދުތައް ނެގުމަށް އާބަންކޯއިން އުޅަނދުތަކުގެ ވެރި ފަރާތްތަކަށް އަންގައިފިއެވެ.
އާބަންކޯއިން މިކަން އަންގައި ހިއްސާކުރި ފޮޓޯގައި ހުސްކުރަންވީ ސަރަހައްދު ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ހުސްކުރަން ޖެހޭ ސަރަހައްދަކީ އެކުލަވާލެވިފައިވާ ޗާޓުގެ ސްޓޭޖް 2، ސައިޓް ބީ ނުވަތަ ފެހި ކުލައިން ފާހަގަ ކުރެވިފައިވާ ސަރަހައްދުގެ އިތުރުން ރަތް ކުލައިން ފާހަގަ ކޮށްފައިވާ ސަރަހައްދެވެ.
އަދި ނަގާ އުޅަނދުތައް އެޅުމަށްޓަކައި މި ސަރަހައްދު ބޭރުން ޖާގަ ހުސްކޮށްދީފައި ވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އެހެންކަމުން ވީހާވެސް އަވަހަކަށް މި އުޅަނދުތަކުގެ ވެރިފަރާތުން އެތަކެތި ނެގުމަށް އާބަންކޯއިން ވަނީ އެދިފައެވެ.
އުޅަނދުތައް ނަގައި ސަރަހައްދު ހުސްކުރުމަށް އަންގާފައި މިވަނީ މި ހަފްތާތެރޭގައި ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ހިއްކުމަށް ހަމަޖެހިފައިވާތީއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް