ޓްރިޕްވި ހުރިހާ ފީޑަރުތަކެއް އަލުން ޖައްސައި ކަރަންޓް ދީފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލެ އާއި ހުލުމާލެއިން ޓްރިޕްވި ހުރިހާ ފީޑަރުތަކެއް އަލުން ޖައްސައި، ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަޙައްދުތަކަށް މިހާރު ވަނީ އަލުން ކަރަންޓު ދީފައި ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ކެނޑުނީ މީގެ އިރުތަކެއް ކުރީންނެވެ. ސްޓެލްކޯ އިން ދެންމެ ބުނީ މާލެ އާއި ހުލުމާލެއިން ޓްރިޕްވި ހުރިހާ ފީޑަރުތަކެއް އަލުން ޖައްސައި، ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަޙައްދުތަކަށް މިހާރު ވަނީ އަލުން ކަރަންޓު ދީފައި ކަމަށެވެ.
އަދި އެއްވެސް ކަސްޓަމަރަކަަށް ކަރަންޓުގެ ހިދުމަތް ނުލިބިވާނަމަ ކޮންޓެކްޓް ސެންޓާ 1545 އަށް ގުޅުމަށްވަނީ އެދިފަ އެވެ. ކަރަންޓް ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ކުންފުނިން ވަނީ މާފަށް އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް