ކިނޮޅަސް ކައިރިން ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި، ޖިންސު ވެސް ދެނެނުގަނެވޭ: ފުލުހުން
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރ. ކިނޮޅަސް ކައިރިން ކަނޑުމަތީން ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށާއި، އެ މީހާގެ ޖިންސު ވެސް ދެނެނުގަނެވޭ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން އިއްޔެ ބުނި ގޮތުން، ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން ނިޔާވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ އިއްޔެ ހަވީރުު 16:30 ހާއިރެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު ދެމުން މިއަދު ފުލުހުން ބުނީ އެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި އޮތުމުގެ ސަބަބުން ޖިންސް މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.
އަދި ތަހުގީގަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމާއި، ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރެމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަަމަށްވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް