އެންޓި ކޮރަޕްޝަނުން މަޖިލިސް އަނގަބަންދުކޮށްލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އެންޓިކޮރަޕްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސުވާލުތަކެއް ކުރިމަތިކުރުވައި މަޖިލިސް މެންބަރުން ހިމޭންކޮށްލައިފިއެވެ.
މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީ މެންބަރުން ގެނދެވީ ކޮމިޝަންގެ މަސައްކަތްތަކާ މެދު ސުވާކުރައްވައި ޤާނޫނީ ގޮތުން ކޮމިޝަނަށް ލިބިފައިވާ ބާރުގެބޭނުންކޮށްގެން ކޮރަޕްޝަން ނުހުއްޓުވެނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.
އޭގެ ޖަވާބުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ލުތުފީ މަޖިލިސް މެންބަރުންނަށް ކުރިމަތި ކުރުވީ ސުވާލެކެވެ.
"ޤާނޫނީ ގޮތުން އަޅުގަނޑުމެންނަށް ދިމާވާ ގޮންޖެހުމުގެ ވާހަކަތައް އަޅުގަނޑުމެނާ ދައްކަވާއިރުގައި އަޅުގަނޑު ތިއިއްޒަތެރި މަޖިލިސް މެންބަރުންނާއި ސުވާލުކޮށްލަން ބޭނުން އޭސީސީން މިހާތަނަށް އެންޓިކޮރަޕްޝަން ކޮމިޝަންގެ ޤާނޫނޫ އިސްލާހުކުރަން ކިތައް ފަހަރު ތިބޭފުޅުންނާއި ހިސާބަށް ފޮނުވިފަ އޮތްތޯ އަދި އެ ފޮނުވައިގެން ތިބޭފުޅުންނަށް އެޅުނީ ކޮން ފިޔަވަޅެއްތޯ އަޅުއްވައި ދެއްވިފަ އޮތީ. އެއީ ހަމަ އަޅުގަނޑު ހަމަ ތަކުރާރުކޮށްލަން ބޭނުންފުޅުވާ ސުވާލެއް. އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހަށް އެސީސީން މި ޤާނޫނޫ އިސްލާހުކުރުމަށް ޓަކައި ފޮނުވިފައިވާނެ. އެހެންނަމަވެސް ދައުރު ނިމިގެން ދާއިރުގައި އެ ޤާނޫނަށް އެއްވެސް ކަހަލަ އިސްލާހެއް ނައިސް ނިމިގެން ދަނީ" ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
އޭގެއިތުން ވެސް އެސްޓް ރިކަވަރީއަށް ގެންނަން ޖެހުނު މުހިންމު އިސްލާހުތައް އެޤާނޫނު ގެ ޑްރާފްޓަގެ ދެލިކޮޕީގައި ހުންނާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށްވެސް މަޖިލީހުން އެދެވޭ ފިޔަވަޅެއް އަޅުއްވައި ދެއްވާފައިނުވާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
މަޖިލީހާއި ސަރުކާރުން ކޮރަޕްޝަން ނައްތާލުމަށް މީޑިއާތަކުގައި ވާހަކަ ދައްކަމުން ގެންދާވާ އިރު މިކަމަށް ބޭނުންވާ ޤާނޫނުތައް މަޖިލީހުން ވަނީ އިސްލާހު ނުކޮށްކަން ފާހަގަކޮށްލަންޖެހެއެވެ.
މިވަގުތު މަޖިލީހުގެ ސާފު މެޖޯރިޓީ ސަރުކާރު ހިންގާ ކޯލިޝަނަށް ލިބިފައިވަނިކޮށް މި އިސްލާހު ފާސްކުރުމަކީ ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ދައްކާ ވާހަކަތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް