ައެމްޓީޑީން އެގާރަ ދުވަހުގެ ތެރޭގައި 3000 ފޯމު ހަމަކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ރައީސް އިސްމާއިލް އާސިފް އިސްކޮށް ހުންނަވާ އުފެއްދެވުމުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް ޕާޓީ (އެމްޓީޑީ) އަށް އެގާރަ ދުވަހުގެ ތެރޭގައި 3000 މެންބަރުން ހަމަކޮށްފިއެވެ.
އެމްޓީޑީން މިކަން ހާމަކޮށްފައިވަނީ އެޕާޓީން މިރޭގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގަައި އެމްޓީޑީންވަނީ ތިންހާސް މެންބަރުން އެޕާޓީއަށް ހަމަކޮށްފައިވާކަން ހާމަކޮށް، ވީހާވެސް އަވަހަށް ޕާޓީ ރަޖިސްޓްރީކުރުމުގެ ކަންތައްތައް ކުރާނެކަމަށް ބުނެފައެވެ.
މި ބައްދަލުވުމުގައި އެޕާޓީން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކަންތައްތައް މިހާތަނަށް ޖުމްލަގޮތެއްގައި ދަނީ ރަނގަޅަށް ކަމަށްވެސް ބަޔާންކޮށްފައެވެ.
އަދި އެހެންމެ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ނުފެންނަކަމަށްވެސް އެމްޓީޑީން މިރޭވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް