ޣައްޒާގެ ސްކޫލަކަށް ޔަހޫދީން ހަމަލާދީ 30 މީހުން ޝަހީދުކޮށްލައިފި
ޔަހޫދީންގެ ގަތުލުއާއްމާއި ގުޅިގެން ގެދޮރު ގެއްލިފައިވާ މީހުން ބޯހިޔާވަހިކަމަށް ބޭނުންކުރެވެމުންދިޔަ، ޣައްޒާގެ ސްކޫލަކަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީން ހަމަލާދީ 30 މީހުން ޝަހީދުކޮށްލައިފިއެވެ.
ފަލަސްތީނުގެ މީޑިއާ އޮފީހުން ބުނީ، ޑެއިރް އަލް-ބަލާހް ގެ މެދުތެރޭގައި ހުންނަ ސްކޫލަކަށް އަމާޒުކޮށް ޔަހޫދީން ދިން މި ހަމަލާގައި 15 ކުދިންނާއި 8 އަންހެނުން ހިމެނޭހެން ޖުމްލަ 30 މީހުން ޝަހީދުވެ، 100 އަށް ވުރެ ގިނަ މީހުން ޒަހަމް ވެފައިވާ ކަމަށެވެ.
މި ހަމަލާގައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ޑެއިރް އަލް-ބަލާހްގައި ހުންނަ އަލް-އަޤްސާ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
ބައިނަލްއަގުވާމީ ނޫހެއް ކަމަށްވާ ރޮއިޓާސް އިން އާއްމުކުރި ފުޓޭޖުން ދައްކާ ގޮތުގައި، މި ހަމަލާއާއި ގުޅިގެން އެ ސަރަހައްދުގައި އަލިފާން ރޯވެފައިވާއިރު، ސްކޫލްވަނީ ސުންނާފަތިވެފައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އިއްޔެގެ ހެނދުނުން ފެށިގެން ފާއިތުވި 24 ގަޑިއިރު ތެރޭގައި ޔަހޫދީން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ދެއިރުލް-ބަލާހާއި ޚާން ޔޫނިސް ސިޓީގައި 53 މީހުން ޝަހީދުވެ، 189 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް