ާދިވެހިންނަށް ޔޫއޭއީއަށް ވިސާއާއި ނުލައި ދަތުރުކުރެވެނީ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އަންނަ އަހަރުން ފެށިގެން ދިވެހިންނަށް ކުރިން ވިސާ ނެގުމަކާއި ނުލައި އެކުވެެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ދަތުރުކުރެވޭނެގޮތަށް ހަމަޖައްސައިފިއެވެ.
މިގޮތަށް ހަމަޖެހިފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ޚާރިޖީ ވަޒީރު ޝެއިޚް އަބްދުﷲ އާއި އެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިންނެވެ.
އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާ ސަރުކާރުގެ ސިޔާސަތުތައް ޝައިހް އަބްދުﷲއާ ހިއްސާ ކުރައްވައި، ދެގައުމުގެ ގުޅުން ބަދަހިކުރުމާއި، ވިޔަފާރި އާއި އިންވެސްޓްމެންޓްތަކާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އަދި މިނިސްޓަރ ވިދާޅުވީ ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވިސާއާ ގުޅޭ އާ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން އަންނަ އަހަރުން ފެށިގެން ދިވެހިންނަށް ޔޫއޭއީއަށް ހިލޭ ވިސާގެ ދަށުން ދަތުރު ކުރެވޭނެ ކަމަށް މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.
ޔޫއޭއީއަށް ކުރި ރަސްމީ ދަތުރު ނިންމާލުމަށްފަހު ސަރުކާރުގެ ވަފުދުން މިހާރުވަނީ މާލެއަށް އެނބުރި އައިސްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް