ކިނޮޅަހުގައި އިމާރާތް ކުރާ ކައުންސިލް އިދާރާގެ ބިންގާ އަޅައިފި
ރ.ކިނޮޅަހުގައި އިމާރާތް ކުރާ ކައުންސިލް އިދާރާގެ ބިންގާ އަޅައިފިއެވެ.
ކިނޮޅަހުގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފް އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ކިނޮޅަހަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރާ ކައުންސިލް އިމާރާތަކަށްވާއިރު، މިރަށް ހިމެނޭހެން ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާއެއް އަލަށް އިމާރާތްކުރުމަށްޓަކައި ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއްކަމަށްކަމަށްވާ ހެކްސްޓަރ ގްލޯބަލްއާއިއެވެ.
މިހާތަނަށް މި މަޝްރޫއުގެ ތެރެއިން 4 ރަށެއްގައި ވަނީ ބިންގާ އަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް