ސިވިލްކޯޓް ހުންނަ އިމާރާތް... ފޮޓޯ: ވޮއިސް
ސިވިލްކޯޓް ހުންނަ އިމާރާތް... ފޮޓޯ: ވޮއިސް
ހަބަރު 11 Feb 2026 | 14:22

ޖާހުގެ މައްޗަށް ޕެންޝަން ދެއްކުމަށް ސިވިލްކޯޓުގެ ހުކުމެއް

މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ޤަވާއިދުން ފައިސާ ނުދައްކާ މައްސަލާގައި ސިވިލް ކޯޓުން ޖާހް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޕެންޝަން ދެއްކުމަށް ހުކުމްކޮށްފިއެވެ.

މި މައްސަލަ ޕެންޝަން އޮފީހުން ސިވިލް ކޯޓަށް ހުށަހަޅެޅުމުން ކޯޓުން މައްސަލަ ރަޖިސްޓްރީ ކޮށްފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 16 ވަނަ ދުވަހުއެވެ. ޕެންޝަން އޮފީހުން ކުރި ދައުވާގައި ބުނެފައިވަނީ، ޖާހް ޕްރައިވެޓް ލިމިޓެޑުން މިދިޔަ އަހަރުގެ ފެބުރުއަރީމަހުން ފެށިގެން އެއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ފައިސާދައްކަމުން ނުދާކަމަށެވެ.

ދައުވާއަށް ބަލާއިރު، ޖާހުން ޕެންޝަނަށް 15،488.22 ރުފިޔާ ނުދައްކާ އެބައޮތެވެ. ސިވިލްކޯޓުން މި މައްސަލަ ބެލުމަށްފަހު އިއްވި ނިޔާގައި ބުނެފައިވަނީ، ދައްކަންޖެހޭ ފައިސާ އާއި ޖޫރިމަނާ އިއްޔެއިން ފެށިގެން ދެމަސްދުވަހުގެ ތެރޭގައި ދައްކައި ނިންމުމަށް އަމުރުކޮށްފައެވެ. ސިވިލްކޯޓުން މި ހުކުމްކޮށްފައިވަނީ ޖާހްގެ ޢައިރު ހާޒިރުގައެވެ.

ހުޅުމާލޭގައި ތަރައްޤީކުރަމުންދާ "ދަ ގާޑަންސް" ޓަވަރު ތަރައްޤީކުރަން ފެށި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، ޖާހް ޕްރައިވެޓް ލިމިޓެޑަކީ އެއްބަޔަކު ހިއްސާވާ ދެ ކުންފުންޏެވެ. ދަ ގާޑަންސް ޓަވަރު ތަރައްޤީކޮށް ނިންމަން ދިން މުއްދަތަށް ނުނިމިގެން އެޗްޑީސީން ވަނީ މިދިޔަ އަހަރުގެ ޖޫންމަހު އެ މަސައްކަތް ނިންމަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްފައެވެ.

"ދަ ގާޑަންސް" ނަމުގައި 2017 ވަނަ އަހަރުން ފެށިގެން ހަދަމުން އަންނަ އެޕާޓްމަންޓުތައް ނިންމަން އެޗްޑީސީން ވަނީ ޖާހު ކުންފުންޏަށް އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދީފައެވެ. އެގޮތުން އެންމެ ފަހުގެ ފުރުސަތު ދިނީ މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ 27 ވަނަ ދުވަހަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ރީކޯ މޫސާގެ 2 ރަށެއް 45.6 މިލިއަން ޑޮލަރަށް ވިއްކާލުމަށް ބީއެމްއެލްއިން އިއުލާންކޮށްފި
15 Nov 2026 ވިޔަފާރި

ރީކޯ މޫސާގެ 2 ރަށެއް 45.6 މިލިއަން ޑޮލަރަށް ވިއްކާލުމަށް ބީއެމްއެލްއިން އިއުލާންކޮށްފި

މި ރަށްތަކަކީ ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޭންކަށް ރަހުނުކޮށްފައިވާ ރަށްތަކެކެވެ.