ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މައްކާގައި ދިވެހި ހައްޖާޖީން..
ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މައްކާގައި ދިވެހި ހައްޖާޖީން..
ހަބަރު 17 Oct 2025 | 04:00

ހައްޖަށްދާ މީހުންނަށް މީގެކުރިން ނުލިބޭ ލުއިތައް މިފަހަރު ލިބޭނެ: ޝަކީލް

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ކުރިއަށް އޮތް ހައްޖު މޫސުމުގައި މީގެކުރިން ދިވެހި ހައްޖާޖީންނަށް ނުލިބޭފަދަ ހިދުމަތްތަކެއް މިފަހަރު ލިބޭނޭކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ހައްޖަށް ތައްޔާރުވުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ އާ ވާހަކަދައްކަވަމުން ޝަކީލް ވަނީ ކުރިއަށްއޮތް ހައްޖު މޫސުމަށް ތައްޔާރުވުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނުން ފަށާފައިވާކަން ހާމަކޮށްފައެވެ. ޝަކީލް ވިދާޅުވީ ކުރިއަށްއޮތް ހައްޖު މޫސުމަށް ތައްޔާރުވުމުގައި އެކުންފުނިން ފުރަތަމަ ބެލީ ހައްޖަށްދާމީހުންގެ ކަންބޮޑުވުންތަކަށް ކަމަށާއި، އެގޮތުން އެފަރާތްތަކުން އެންމެބޮޑަށް އެދިފައިވާ ކަންކަން ފުރިހަމަ ކޮށްދިނުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

ޝަކީލް ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމުގެ އުސޫލެއް އެކުލަވާލައި އެ އުސޫލުގެ ދަށުން އަމަލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، މިގޮތުން 2026 ވަނަ އަހަރު ހައްޖަށްދާއިރު، 2021 ފަހުން ހައްޖުވެފައިވާ އެއްވެސް މީހަކު ނުހުންނާނޭކަމަށެވެ. އައު އުސޫލުގައިވާގޮތުން ދެން ހައްޖަށް ދެވޭނީ އެމީހަކު ހައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީގޮތުން ފަސްއަހަރުވުމަށް ފަހުގައެވެ.

ކިއު އުސޫލުން ހައްޖަށްދިއުމުގެ ފުރުސަތު ލިބުނު ނަަމަވެސް މިހާރު އަޅުގަނޑުމެން އަމަލުކުރަމުން މި އަންނަނީ އެ އުސޫލުގެ ތެރެއިން

ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް

ކުރިއަށްއޮތް ހައްޖުގައި އުމުރުން ދުވަސްވީ މީހުންނަށް އިސްކަންދިނުމަށް ކެބިނެޓުން ނިންމަވާފައިވާއިރު، 75 އަހަރުން މަތީގެ މީހަކު ހައްޖަށް ދާނަމަ އެމީހަކަށް އެހީތެރިއެއް ގެންދިއުން ވަނީ ލާޒިމްކޮށްފައެވެ. ޝަކީލް ވިދާޅުވީ އެކަމުގައިވެސް ހައްޖަށްދާ ފަރާތުން ބޭނުންވާ ގޮތަށް އެ ފުރުސަތުގެ ބޭނުން ހިފޭނޭކަމަށެވެ. އެގޮތުން ފައިސާ ދައްކައިގެން އެހީތެރިއަކު ގެންދިއުމަށް ބޭނުންނަމަ އެފުރުސަތު އޮންނާނޭކަމަށާއި، ފައިސާ ދައްކަން ދަތިނަމަ، ހައްޖު ކިއުގެ ތެރެއިން މީހަކު ގެންދިއުމުގެ އިހުތިޔާރުވެސް އެބައޮތްކަމަށެވެ.

ޝަކީލް ވިދާޅުވީ ކުރިއަށްއޮތް ހައްޖު މޫސުމަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު، ބައެއް ސަބަބުތަކާ ހެދި ހައްޖަށް ނުދެވޭ ފަރާތްތަކަށް ކިއުގަ ދެން ޖެހިގެން އޮންނަ ފަރާތަށް ފުރުސަތުދީ އެ އިންތިޒާމްތައް މިހާރު ހަމަޖައްސަމުން އަންނަކަމަށެވެ.

މީގެ އިތުރުންވެސް މިދިޔަ ފަހަރުގެ ތަޖުރިބާއަށް ބަލައި ހައްޖާޖީންނަށް ފަސޭހަވާނޭހެން ކަންކަން އިންތިޒާމް ކުރުމަށް މިހާރުން ފެށިގެން މަސައްކަތްތައް ކުރަމުން އަންނަކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ހައްޖު ކޯޕަރޭޝަނުން ހައްޖުގެ ކަންކަމަށް ތައްޔާރުވަމުން އަންނައިރު، ސައުދީ ސަރުކާރުން  މި ފަހަކުން ވަނީ ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހައްޖުވިސާ ނުދޭން ނިންމާފައެވެ. ޝަކީލް ވިދާޅުވީ އެކަން މިދިޔަ ބްރާސްފަތި ދުވަހު ސަރުކާރަށް އަންގާފައިވާކަމަށާއި، އޭގެ ތެރޭގައި ހިތުގެ ބަލިތަކާއި، ކިޑްނީ އަދި ޑިމެންޝާ ހިމެނޭކަމަށެވެ. ޝަކީލްވިދާޅުވީ ހައްޖަށްދިއުމަށް ފުރުސަތު ލިބޭ ފަރާތްތަކަށް ދުރާލައި މެޑިކަލް ޓެސްޓްތައް ހެދުމަށް އަންގާނެކަން ފާހަގަކުރައްވައި ސައުދީން ވިސާލިބުމުގެ ކަންކަން ހަމަޖައްސަނީ އެ ރިޕޯޓްތަކުގެ ނަތީޖާތަކަށް ބަލައިގެންކަމަށް ވިދާޅިވެފައެވެ.

ރާއްޖެއިން މީހުން ގެންދިއުމުގެ ހުރިހާ އިންތިޒާމްތަކެއް މިހާރު ބަލަހައްޓަމުން އަންނަނީ ސަރުކާރުގެ ހައްޖު ކުންފުނި، ހައްޖު ކޯޕަރޭޝަނުންނެވެ. މީގެ ކުރިން އަމިއްލަ ކުންފުނިތަކުގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންނަށް ތަފާތު ތަޖުރިބާތައް ކުރެވުނުއިރު، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް މީހުން ގެންދަންފެށިފަހުން ރައްޔިތުންނަށް ވަނީ ވަރަށްބޮޑު އިތުބާރެއް ލިބިފައެވެ. އެކަން އެންެމެބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ މިދިޔަ ފަހަރުގެ ހައްޖު މޫސުމުގައި ދިވެހި ހައްޖާޖީންނަށް ލިބުނު ހިދުމަތްތަކުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...