N/A
N/A
ހަބަރު 05 Dec 2018 | 04:13

ހިތްބިރުގަތުމަކީ މައްސަލައެއް ނޫން!

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

އިއްޔެ މީސް މީޑިޔާގެ ވަސީލަތްތައް ހުޅުވާލުމުން ފެނިގެންދިޔަ އެއް ބޮޑު ކަމަކީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަށް މީޑިޔާގެ ކުރިމަތީގައި ވާހަކަދައްކަވަން ޖެހިވަޑައިގަތުމުން އެކަމާއި ހިތްބިރުގަނެ، ޖެހިގެން އިން ފަރާތެއްގެ ކައިރީގައި އެވާހަކަ ބުނާ ވީޑިޔޯއެކެވެ.

ސަރުކާރުގެ ކޯލިޝަނުގެ އެކްޓިވިސްޓުންނާއި އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓުންނަށްވެސް، މިނިސްޓަރ ނަހުލާ ހިތްބިރުގަތުން ވެގެންދިޔައީ މާ މޮޅުކަމަކަށެވެ. މިނިސްޓަރަށް ފާޑެއް ކިޔައި، ހަޖޫޖަހާލަން ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައެވެ. ކަންވީވެސް އެހެންނެވެ. މިނިސްޓަރަށް ފާޑުކިޔައި، ދައުލަތުގެ އިސްވެރިންވެސް ހިތްބިރުގަނޭތޯ ސުވާލުކޮށް މުޅި ފޭސްބުކާއި ޓްވިޓަރގައި އޮތީ އެ ވީޑިޔޯއެވެ.

މިވީޑިޔޯ ލުމާއި އެކު ފާޑުކިޔުންތައް މިނިސްޓަރަށް އަމާޒުކުރިޔަސް، ބައެއް ފަރާތްތަކުން މިނިސްޓަރ އައިޝަތު ނަހުލާގެ ސްޓޭޖް ފްރައިޓްގެ ދިފާއުގައި އެކަމަށް ހަޖޫނުޖެހުމަށް އެދި ވާހަކަދެއްކިއެވެ. މީގެ ތެރެއިން އެކަކީ މަޝްހޫރު ޓީވީ ޕްރެޒެންޓަރ އަދި ނޫސްވެރިޔާ މޫސާ ވަސީމެވެ. ވަސީމް ބުނިގޮތުގައި މިނިސްޓަރ ހިތް ބިރުގަތުމަކީ އެކަމުގައި އެއްވެސް ގޯސްކަމެއް އަދި ހޭންވީ ސަބަބެއް އޮތްކަމެއް ނޫނެވެ. އެއީ، ކެމެރާއަށް ބަލައި ވާހަކަދެއްކުމަކީ ތަޖުރިބާކާރު ފަރާތެއްވިޔަސް އުނދަގޫ ވެދާނެކަމަކަށް ވާތީކަމަށް ވަސީމް ބުންޏެވެ.

މީގެ އިތުރުން މަޖިލީހާއި އެހެނިހެން ޕޯޑިއަމް ތަކުގައި ދޫފަރިތަކަމާ ޖެހިލުން ކުޑަކޮށް ވާހަކަ ދެއްކުމަށް މަޝްހޫރު މަޖިލިސް މެންބަރ އީވާ ވެސް މިކަމަށް ރައްދުދެއްވައި ވަނީ ޓުވީޓު ކުރައްވާފައެވެ.

ހަގީގަތުގައި އެއީ ތެދެކެވެ. އާންމުންގެ ކުރިމައްޗަށް އަރައިހުރެ ރާއްޖޭގެ ގިނަ މޮޅެތި ސިޔާސީ ވެރިންވެސް ދޫއޮޅި، ބިރުފުޅުގަންނަގޮތްވެއެވެ. އެއީ އިންސާނީ ތަބިއްޔަތުގައި ކިތަންމެ ދަށަސް އަދި މޮޅަސް ހުރެފާނެ ސިފަޔަކަށް ވާތީއެވެ. ނަމަވެސް އެ ސިފަ ފެނިގެން އެއީ މާ މޮޅުކަމަކަށް ވެގެންދިޔައީ މިނިސްޓަރ ނަހުލާގެ ކިބައިން ފެނިދިއުމުންނެވެ.

ނަމަވެސް މިނިސްޓަރަށް ކިޔަމުންދާ ފާޑުތަކާއި އެއްބަސްވާ ފަރާތްތަކުން ބުނާގޮތުގަައި މިނިސްޓަރަކަށްވީތީ، ބިރުފަދަ ކަންކަމަކީ ހުރެގެންވާނެ ކަންކަން ނޫންކަމަށާއި ލިޔެފައިވާ ގަނޑެއް ބަލާލައިގެން އެއްޗެއް ފަރިތަކޮށް ކިޔާލަން ނޭނގުމަކީ ލަދުވެތިކަމެއް ކަަމަށެވެ. އަދި އެއީ މިނިސްޓަރުންނަށް ވުމުން ވަކި ފަންތިއެއް ބަހައްޓަން ޖެހޭނެތީކަމަށްވެސް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮންމެ ގޮތެއް ވިޔަސް ހަގީގަތަކީ ހިތްބިރުގަތުމަކީ އިންސާނީ ސިފަތަކުގެ ތެރެއިން ސިފައެއްކަމުގައިވާކަމެވެ. މިނިސްޓަރަކީވެސް އިންސާނެކެވެ. ފުރަތަމަ ބިރުވެސް ގަނެދާނެއެވެ. އެކަމަކުވެސް އެއީ މިނިސްޓަރަށް ފާޑުކިޔޭނެ ގޮތެއްކަމުގައި ހެދުމަކީ އެއީ އެންމެ ބުއްދިވެރި ގޮތްބާވައެވެ؟

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...