އެމެރިކާގެ ފުލުހެއް ހަރަކާތްތެރިވަނީ
އެމެރިކާގެ ފުލުހެއް ހަރަކާތްތެރިވަނީ
ދުނިޔެ 24 May 2026 | 04:08

ވައިޓް ހައުސް ކައިރީގައި ބަޑީގެ ހަމަލާތަކެއް؛ ”ހަމަލާތައް ދިން މީހާ ސީކްރެޓް ސާވިސްގެ ހަމަލާތަކުގައި މަރުވެއްޖެ“

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް ކޮމްޕްލެކްސް ކައިރީގައި ހޮނިހިރު ދުވަހު ބަޑީގެ ހަމަލާތަކެއް ދިން މީހަކު، ސަލާމަތީ ބާރުތަކުން ދިން ރައްދު ހަމަލާތަކުގައި މަރުވެއްޖެ ކަމަށް ޔޫއެސް ސީކްރެޓް ސާވިސްއިން ހާމަކޮށްފިއެވެ.

ސީކްރެޓް ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ގަޑިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 ޖަހާ އެހާކަންހާއިރު، ވައިޓް ހައުސްގެ ގޯތިތެރެއިން ބޭރުގައި އޮންނަ 17 ވަނަ މަގާއި ޕެންސިލްވޭނިއާ އެވެނިއު އެންޑަބްލިއު ގުޅުނު ސަރަހައްދުގައެވެ.

ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، ތުހުމަތު ކުރެވޭ މީހާ ބޭނުންކުރީ އޭނާ ގެންގުޅުނު ދަބަހުން ނެގި ބަޑިއެކެވެ.

"ސީކްރެޓް ސާވިސްގެ ފުލުހުން ވަނީ ރައްދުގައި ހަމަލާދީ އެ މީހާގެ ގަޔަށް ބަޑިޖަހާފައި. އޭނާ ވަގުތުން އެ ސަރަހައްދުގެ ހޮސްޕިޓަލަކަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވެފައިވާ ކަމަށް ވަނީ ކަނޑައަޅާފައި،" ސީކްރެޓް ސާވިސްގެ ބަޔާނުގައިވެއެވެ.

މި ހާދިސާގައި މަގުމަތިން ދިޔަ އާންމު މީހެއްގެ ގަޔަށްވެސް ބަޑީގެ ވަޒަން އަރާފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. ނަމަވެސް އެމީހާގެ ހާލަތާ ބެހޭ އެންމެ ފަހުގެ ތަފްސީލެއް އަދި އާންމެއް ނުކުރެއެވެ. މި ހާދިސާގައި ސީކްރެޓް ސާވިސްގެ އެއްވެސް އޮފިސަރަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ހާދިސާ ހިނގި ވަގުތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުރީ ވައިޓް ހައުސްގެ އެތެރޭގައެވެ. އޭބީސީ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަޑީގެ ހަމަލާތައް ދިން ވަގުތު ރައީސް ޓްރަމްޕް އިނީ އޯވަލް އޮފީހުގައި ސްޓީވަން ޗިއަންގް، ނަޓަލީ ހާޕް އަދި މާގޯ މާޓިން އާއެކުގައެވެ. ސީކްރެޓް ސާވިސްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި މި ހާދިސާގެ ސަބަބުން ރައީސްގެ ސަލާމަތަށް ނުވަތަ ވައިޓް ހައުސްގެ އޮޕަރޭޝަންތަކަށް އެއްވެސް ބުރޫއެއް އަރާފައެއް ނުވެއެވެ.

މި ހާދިސާ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެފްބީއައިގެ ޑައިރެކްޓަރު ކާޝް ޕަޓޭލް ބުނީ، އެފްބީއައިގެ އޮފިސަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، ސީކްރެޓް ސާވިސްއަށް ތަހުގީގުގައި އެހީތެރިވަމުންދާ ކަމަށެވެ. މީގެ އިތުރުން ވޮޝިންޓަން ޑީސީގެ މެޓްރޯޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓުންވެސް ދަނީ މި މައްސަލަ ބަލަމުންނެވެ.

ބަޑީގެ ހަމަލާތަކާ ގުޅިގެން ވައިޓް ހައުސް ވަގުތީ ގޮތުން ލޮކްޑައުން ކުރި ނަމަވެސް، ފަހުން ވަނީ އެ ފިޔަވަޅުތައް އުވާލާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
10 Oct 2026 ދުނިޔެ

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި

ރަޝިއާގެ ޑީސަލް ގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފިއެވެ. މި އެއްބަސްވުމަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މޮސްކޯއާ...

ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައި ވާހަކަދައްކަން ފަށައިފި: ލޯޔަރުން
07 Oct 2026 ދުނިޔެ

ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައި ވާހަކަދައްކަން ފަށައިފި: ލޯޔަރުން

ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކ...

އެމެރިކާގައި، ދެ އިންޖެކްޝަން ޖަހައިގެންވެސް މަރުނުވި އަންހެންމީހާ، ވެންޓިލޭޓަރުގައި؛ ހާލު ސީރިއަސް: ލޯޔަރުން
04 Oct 2026 ދުނިޔެ

އެމެރިކާގައި، ދެ އިންޖެކްޝަން ޖަހައިގެންވެސް މަރުނުވި އަންހެންމީހާ، ވެންޓިލޭޓަރުގައި؛ ހާލު ސީރިއަސް: ލޯޔަރުން

އެމެރިކާގެ ޓެނެސީ ސްޓޭޓުގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ޤައިދީއެއް ކަމަށްވާ ކްރިސްޓާ ޕައިކްގެ ގަޔަށް ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، އޭނާ...

ހަނގުރާމައިގެ ކުރިމަގާ ބެހޭ ދިރާސާއެއް ހެދުމަށް މަސްކް އަލުން ޓްރަމްޕްގެ ސަރުކާރުގެ މަގާމަކަށް
02 Oct 2026 ދުނިޔެ

ހަނގުރާމައިގެ ކުރިމަގާ ބެހޭ ދިރާސާއެއް ހެދުމަށް މަސްކް އަލުން ޓްރަމްޕްގެ ސަރުކާރުގެ މަގާމަކަށް

ދުނިޔޭގެ މަޝްހޫރު ބިލިއަނަރު އީލޮން މަސްކް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ރަސްމީކޮށް ލަފާއެރުވުމުގެ މަސައްކަތަށް އަލުން އެނބުރި އަތުވެއްޖެއެވެ. މަސްކް މިފަހަރު ހަވާލުވީ އެމެރިކާގެ ޕ...

އެމެރިކާގައި އަންހެނަކަށް މަރުގެ އަދަބު ދިނުމަށް ދެ ފަހަރެއްގެ މަތިން ލީތަލް އިންޖެކްޝަން ޖެހުމުންވެސް މަރެއް ނުވި
01 Oct 2026 ދުނިޔެ

އެމެރިކާގައި އަންހެނަކަށް މަރުގެ އަދަބު ދިނުމަށް ދެ ފަހަރެއްގެ މަތިން ލީތަލް އިންޖެކްޝަން ޖެހުމުންވެސް މަރެއް ނުވި

އެމެރިކާގެ ޓެނެސީ ސްޓޭޓްގައި މަރުގެ އަދަބު ދިނުމަށް ހުކުމް ކޮށްފައިވާ އުމުރުން 50 އަހަރުގެ ކްރިސްޓާ ޕައިކްއަށް މަރުގެ އަދަބު ދިނުމަށް ދެ ފަހަރެއްގެ މަތިން ލީތަލް އިންޖެކްޝަން ޖެހުމުން ވެސް އޭނާ މަރުނު...

އިރާގުގައި ތިބޭތާ 12 އަހަރަށްފަހު އެމެރިކާ އާއި އިނގިރޭސި ސިފައިން އެޤައުމުން ފައިބައިފި
30 Sep 2026 ދުނިޔެ

އިރާގުގައި ތިބޭތާ 12 އަހަރަށްފަހު އެމެރިކާ އާއި އިނގިރޭސި ސިފައިން އެޤައުމުން ފައިބައިފި

އެމެރިކާ އާއި އިނގިރޭސި ސިފައިން އިރާގްގައި ގާއިމްވެ ތިބޭތާ 12 އަހަރުފަހުން އެޤައުމު ދޫކޮށް ގޮސްފިއެވެ. އުތުރު ޢިރާޤުގެ ކުރުދިސްތާން ސަރަޙައްދުގެ އިރުބީލުގައި ތިބި އިނގިރޭސިވިލާތުގެ ގާތްގަނޑަކަށް 100 ...