މޮންގޯލިއަން ފްރައިޑް ރައިސް
މޮންގޯލިއަން ފްރައިޑް ރައިސް
ލައިފްސްޓައިލް 20 Jan 2023 | 04:25

މިއޮތީ މީރު މީރުކޮށް މޮންގޯލިއަން ފްރައިޑް ރައިސް ތައްޔާރު ކުރާނެގޮތް

މޮންގޯލިއަން ފްރައިޑް ރައިސް އަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު މީރު ބަތެކެވެ. ޚާއްސަކޮށް ހުކުރު ދުވަސް ފަދަ ދުވަސް ދުވަހު މިކަހަލަ މީރު ބަތް ގަނޑެއް ހަދާލުމަކީ ސުފުރާ މައްޗަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމެކެވެ.

ބޭނުންވާނެ ތަކެތި:

1 ސައިސަމްސާ ކުކިން އޮއިލް

3 ބިސް (ގިރާފައި)

4 ޖޯޑު ބާސްމަތީ ހަޑުލު ބަތް (ކައްކާފައި)

1 ޖޯޑު ގެރިމަސް (ކުދި ކިޔުބްކޮށް ކޮށައި ފްރައި ކޮށްފައި)

1/2 ޖޯޑު ކުކުޅު (ކުދި ކިޔުބްކޮށް ކޮށައި ފްރައި ކޮށްފައި)

1 ޖޯޑު ސޮސެޖު (ވަށްކޮށް ކޮށައި ފްރައި ކޮށްފައި)

1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)

3 ބޮޑު ލޮނުމެދު (ގާނާފައި)

1 ސައި ސަމުސާ ސޯޔާ ސޯސް

1 ސައި ސަމުސާ އޮއިސްޓަރ ސޯސް

1 ސައި ސަމްސާ މުގުރި އަސޭމިރުސް

2/1 ސައިސަމްސާ ތެޅިމިރުސް

ލޮނު ކޮޅެއް (ނޫޑްލްސް ސޫޕް)

3 މޭޒުމަތީ ސަމުސާ ޗިލީ ޕޭސްޓް

2 ސައި ސަމުސާ ފްރައިޑް ޗިކަން ޗިލީ ސޯސް

2 ސައި ސަމުސާ ޓޮމާޓޯ ޕޭސްޓް

ތައްޔާރުކުރާނެ ގޮތް:

1) ތަތް ނުލަވާ ތަވައެއް އުދުންމަށްޗަށް އުދާފައި ކުޑަ ތެޔޮ ފޮދެއް އެޅުމަށް ފަހު ގިރާފައި ހުރި ބިސް އަޅާލާފައި ތިރީފުށް ކިރިޔާ ފިހެވޭވަރަށް ފިހެލާށެވެ.

2) ދެން ކައްކާފައި ހުރި ބަތްކޮޅު އަޅާލުމަށް ފަހު 3 މިނެޓް ވަންދެން މަޑު ގިނީގައި މަޑު މަޑުން އެކުލަވަމުން ކައްކާލާށެވެ.

3) އެއަށްްފަހު އެހެން ތެއްޔެއްގައި ގެރިމަސްކޮޅާއި، ސޮސެޖް އަދި ކުކުޅު ކޮޅާއި އޮއިސްޓަރ ސޯސް އާއި ސޯޔާ ސޯސް އަދި ޓޮމާޓޯ ޕޭސްޓް ކޮޅު އަޅާލުމަށް ފަހު އެއްކޮށްލާށެވެ.

6) ދެން ފިޔާ ކޮޅާއި، ލޮނު މެދު ކޮޅާއި، އަސޭމިރުސް ކޮޅާއި، ތެޅި މިރުސްކޮޅާއި، ޗިލީ ޕޭސްޓް ކޮޅާއި ލޮނުކޮޅު އެޅުމަށް ފަހު އެއްކޮށްލައްވާށެވެ.

7) ރަނގަޅަށްއެއްވުމުން ފްރައިޑް ޗިކަން ޗިލީ ސޯސް އެޅުމަށްފަހުވެސް އެކުލަވައި ލުމަށްފަހު، ބަތް ކޮޅުވެސް އަޅާލައި އެކުލަވައިލާށެވެ. ދެން މަޑު ގިނީގައި ތެލީގެ މަތި ޖަހައިގެން 2 މިނެޓް ވަރު ކައްކާލާށެވެ. މޮންގޯލިއަން ފްރައިޑް ރައިސް އެހުރީ ތައްޔާރު ވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...