ރައީސް ނަޝީދާއި ރައީސް ޞާލިހު އެމްޑީޕީގެ ހަރަކާތެއްގެ ތެރެއިން.. ފޮޓޯ: ވަން
ރައީސް ނަޝީދާއި ރައީސް ޞާލިހު އެމްޑީޕީގެ ހަރަކާތެއްގެ ތެރެއިން.. ފޮޓޯ: ވަން
ހަބަރު 20 Feb 2023 | 05:32

"ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވުމުގެ ފުރުސަތު ދިނީ ހަމައެކަނި މި ސަރުކާރުން"

އެކި އެކި ސަރުކާރުތަކުގައި އެމްޑީީގެ ރައީސް މުހައްމަދު ނަޝީދަށް އެކި ގޮތްގޮތުން އަނިޔާތައް ދީފައިވީނަމަވެސް، ކަނޑައެޅިގެން ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދިނީ އެމްޑީޕީ އިސްވެ އޮވެ ހިންގާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ކަމަށް މަޖިލީހުގެ މާފަންނު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އިމްތިޔާޒު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާއި ގުޅޭގޮތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ދެއްކެވި ވާހަކަތަކާއި ގުޅިގެން މަޖިލީހުގައި ނުރުހުން ފާޅުކުރައްވަމުން ނެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަނދުން ހުސެއިން ވިދާޅުވީ ނަޝީދުގެ ސެކިއުރިޓީއަށް 50 ބޮޑީގާޑުންގެ އިތުރުން ހަތަރު ވެހިކަލް މިހާރުވެސް ބާއްވާފައިވާކަމަށެވެ. އަދި އެމަނިކުފާނުގެ ސެކިއުރިޓީ ކަންކަމަށް އެކަނި ބަޖެޓުގައި 23 މިލިއަން ރުފިޔާ ހިމަނާފައިވާކަމަށެވެ. އޭގެ އިތުރުން ސަރުކާރުން އެމަނިކުފާނަށް ގެކޮޅެއް ދިނުމަށް ނިންމާފައިވާކަމަށެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ނަޝީދުގެ އިސްނެންގެވުމުގެ ދަށުން ސަރުކާރަށް ފުރައްސާރަކުރުމުގެ ގޮތުން ކޮންމެ ދުވަހަކު ހުށައަޅާ ކުއްލި މައްސަލަތައް ހުއްޓުވަން ޖެހޭކަމަށް އަނދުން ހުސެއިން ވިދާޅުވިއެވެ. އަދި މި ސަރުކާރު ބަދަލުވެއްޖެނަމަ ނަޝީދުގެ ސެކިއުރިޓީ ކުޑަކޮށް އެންމެ ބޮޑީ ގާޑެއް ބަހައްޓާފާނެތީ ކަންބޮޑުވާކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ ސެކިއުރިޓީއާއި ގުޅޭގޮތުން ވާހަކަނުދެއްކެވުމަށް ތަކުރާރުކޮށް ރިޔާސަތުން އެންގުމުންވެސް އަނދުން ހުސެއިން ވަނީ އެކި ގޮތްގޮތަށް ނަޝީދަށް މިހާރު ދޭ ބޮޑު ސެކިއުރިޓީގެ ވާހަކަ ދައްކަވާފައެވެ. އަދި މުސްތަގުބަލުގައި ކަންކަން ވާ ގޮތަކުން އެ ސެކިއުރިޓީ ކުޑަވެދާނެކަމަށް ވިދާޅުވެފައެވެ.

އަނދުން ހުސޭނަށްފަހު މަޖިލީހުގައި ވާހަކަދައްކަވަމުން އިމްތިޔާޒު ވަނީ ހަނދުން ހުސޭނަށް ހޫނު ރައްދެއް ދެއްވާފަ އެވެ.

އިމްތިޔާޒު ވިދާޅުވީ އެކި އެކި ސަރުކާރުތަކުގައި ނަޝީދަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ. ޖަލުގެ ތޭރިތަކުގެ ތެރޭގަޔާއި މަގުމަތީގައިވެސް އަނިޔާތައް ދީފައިވާކަމަށެވެ.

އެހެން ނަމަވެސް ނަޝީދަށް އެންމެ ބޮޑު އަނިޔާއެއް ލިބިގެންދިޔައީ އެމްޑީޕީގެ މި ސަރުކާރުގައި ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ. އެގޮތުން ކަނޑައެޅިގެން ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ބޮމުގެ ހަމަލާއެއް ދިނުމުގެ ފުރުސަތު ދިނީ ހަމައެކަނި އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުންކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.

ނަޝީދާއަށް ހަމަލާ ދިނުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ނަގާފައިވާ ފޮޓޯއެއް

"ކޮންމެ މިރާއްޖޭގެ ސަރުކާރަކުން ރައީސް މުހައްމަދު ނަޝީދަށް، އެމްޑީީގެ ރައީސްއަށް ވަނީ ވަރަށް ބޮޑެތި އަނިޔާތައް ދީފަ. ޖަލުގެ ކުޑަ ގޮޅީގެ އަދަބުތައް ދައްކާފައިވޭ، އެ ނޫންވެސް އެކިއެކި އަނިޔާތައް ދެމުން ދިޔަ، ޖީލުތަކަށް ވަރަށް ޒަމާންތަކަށް މި އަނިޔާތައް ކޮންމެ ސަރުކާރަކުން ދިން. އެހެން ނަމަވެސް އެއިން އެއްވެސް ސަރުކާރެއް އޮވެ، އެމްޑީޕީގެ ރައީސް އަދި (ފެހި ގާނޫނު އަސާސީގެ ދަށުން) ރާއްޖޭގައި ފުރަތަަމަ ރައީސްކަން ކުރެއްވި ބޭފުޅަކު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދެވިފައެއް ނެތް. އެ ފުރުސަތު ދެވިފައެއް ނެތް. ހަމައެކަނި އެ ފުރުސަތު ދިން ސަރުކާރަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު"

މަޖިލީހުގެ މާފަންނު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)

އޭނާ އިތުރަށް ވިދާޅުވީ އެ ހަމަލާ ދިނީ އޭގެ ހުރިހާ މައުލޫމާތެއް ސަރުކާރަށް ލިބި އެއްވެސް ފިޔަވަޅެއް ނާޅާ އޮތުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

މަޖިލީހުގެ މާފަންނު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) މަޖިލީހުގައި ވާހަކަދައްކަވަނީ

"މި ހަމަލާ އަންނަކަމުގެ އިންޒާރުތައް، އެ މައުލޫމާތުތައް ސަރުކާރަށް ލިބި އޮވެ މި ހަމަލާ ދީފައިވަނީ. ތަކުރާރުކޮށްލަން ބޮމުގެ ހަމަލާއަކުން އަވަހާރަކޮށްލުމަށް ފުރުސަތު ދިނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން، ޑިނައި ކުރެވޭކަށް ނެތް. މި މައްސަލަވެސް މިހާތަނަށް ބެލިފައެއް ނެތް، ޝަރީއަތްވެސް ނުހިނގަނީ.. ކިތައް އަހަރުތޯ ވެގެން މި ދިޔައީ؟"

މަޖިލީހުގެ މާފަންނު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)

އިމްތިޔާޒު ވިދާޅުވީ ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ ބެލުމުގެ އެއްވެސް ޝައުގުވެރިކަމެއް ސަރުކާރު ނެތްކަމަށެވެ. އެ ހަމަލާއާއި ގުޅިގެން މަޖިލީހުގެ 241 ކޮމެޓީއިން ކުރި ދިރާސާގެ މައްޗަށް ރިޕޯޓެއް އެކުލަވާލާފައިވާއިރު އެއާ އެއްގޮތަށް އަމަލުކުރަމުން ނުދާކަން އިމްތިޔާޒު ފާހަގަކުރެއްވި އެވެ.

އިމްތިޔާޒު ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަކީ ސަރުކާރު ފަޅީގައި ތިއްބަވާ ބައެއްކަން ދެއްކުމަށް، ކުރާ މަސައްކަތްތައް ކުށްވެރި ކުރާ ކަމަށެވެ. އަދި ނަޝީދުގެ ސެކިއުރިޓީއާއި ގުޅޭގޮތުން އެ މޭރުމުން ވާހަކަ ދެއްކެވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.