ޤިބްލަ ޢުމްރާ ވެރިންގެ ފަރާތުން މައްކާގައި އިފްޠާރު ޕެކް ބަހައިފި
ރަމަޟާން މަހުގައި މައްކާގައި "އިފްޠާރު ޕެކް" ބެހުމުގެ ހަރަކާތެއް ޤިބްލަ ޢުމްރާ ވެރިންގެ ފަރާތުން ބާއްވައިފިއެވެ.
މިހަރަކާތަށް ޤިބްލަ ޢުމްރާ ވެރިންގެ ފަރާތުން 2881 ރިޔާލު ހަދިޔާ ކޮށްފައިވާ ކަމަށް އެ ގުރޫޕުން ބުނެއެވެ. ދިވެހި ރުފިޔާއިން މިއީ 11799.97 އެވެ.
މިހަރަކާތުގައި ޖުމްލަ 522 އިޕްތާރު ޕެކް ތައްޔާރުކޮށް އިއްޔެ ހަރަަމަށް ދާ މަގުތަކުގައި ވަނީ ބަހާފައިވާއިރު ޕެކޭޖްތައް ޕެކް ކުރުމާއި ބެހުމުގައިވެސް އަމަލީ ގޮތުން ޤިބްލަ ޙައްޖު އުމްރާ ވެރިން ބައިވެރިވެފައިވާ ކަމަށް އެ ގުރޫޕުން ވަނީ ފާހަގަކޮށްފައެވެ.

މިއީ ރަމަޟާން މަހު މައްކާގެ މާތް ބިމުގައި ސަދަޤާތްކުރުމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ޤިބްލަގެ އޮފިޝަލަކު މައްކާގައި ހުރެ މައުލޫމާތުދެއެވެ.
މި ހަރަކާތަށް ޢުމްރާވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަން ފާހަގަކޮށް އެ ގުރޫޕުން ބުނީ މިފަދަ ހަރަކާތް ކުރިއަށް އޮތްތާނގައިވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް