ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި މި ހާދިސާ ހިނގީ މިއަދު 11:45 ހާއިރުއެވެ. އެކްސިޑެންޓް ހިނގާފައިވަނީ ފޭސް 2 ގެ ނިރޮޅުމަގުގައެވެ.
އާއްމު ވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ މި އެކްސިޑެންޓްގައި ސައިކަލުގައި އިން މީހާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. ނަމަވެސް ކާރުގައި ތިބީ ކިތައް މީހުންކަމާއި އަނިޔާވީ ކިތައް މީހުންނަށް ކަމެއް ސާފެއް ނުވެއެވެ.
މި ހާދިސާގައި ސައިކަލު ދުއްވާފައި ވަނީ 18 އަހަރުގެ ފިރިހެނެކަމަށާއި، އޭނާ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ހާލު ސީރިއަސްވުމުން އޭޑީކޭއަށް އޭނާ ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި އަނިޔާވިމީހާގެ ސިކުނޑިއަށްވަނީ ލޭއެޅިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް