ރާއްޖޭގެ ރިސޯޓެއް/ ފޮޓޯ: އިންޓަނެޓު
ރާއްޖޭގެ ރިސޯޓެއް/ ފޮޓޯ: އިންޓަނެޓު
ހަބަރު 20 Apr 2023 | 21:42

ރިސޯޓުތަކުގައި ހުރި ސަރުކާރުގެ ހިއްސާ ވިއްކާލަނީ

ފަތުރުވެރިކަމަށް ދޫކޮށްފައި އޮތް ރަށްތަކުގައި ހުރި ސަރުކާރުގެ ޙިއްޞާތައް ވިއްކަވާލެއްވުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުالله މަޢުސޫމް ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ރިސޯޓް ހަދަން ސަރުކާރުން ދޫކުރައްވައިފައިވާ 3 ރަށެއްގައި އޮތް ސަރުކާރުގެ ޙިއްޞާ ވިއްކަވާލައްވަން އިޢުލާންކޮށްފަ އެވެ.

ޙިއްޞާ ވިއްކާލަން ނިންމައިފައިވާ 3 ރަށަކީ ވ.ބޮޑުމޮހޮރާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓާއި، ށ.ނާއިންފަރު ހޯލްޑިންސް ޕްރައިވެޓް ލިމިޑެޓާއި، ށ.ހުރަސްފަރު ހޯލްޑިންގްސްގައިވާ ސަރުކާރުގެ ޙިއްޞާއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ، މި 3 ރަށުގައި އޮތް ސަރުކާރުގެ ޙިއްޞާ ދޫކޮށްލާތީ، ޙިއްޞާގެ ވެލުއޭޝަނެއް ނުވަތަ އަގުމަގުކޮށްދޭނޭ ފަރާތެއް ހޯދަން އިޢުލާންކުރައްވައިފައެވެ.

މިކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުالله މަޢުސޫމް ވިދާޅުވީ، މި ރަށްތަކުގައި ހުރި ސަރުކާރުގެ ޙިއްޞާ ދޫކޮށްލައްވަން ނިންމަވައިފައިވަނީ އެ ތަންތަނަށް ފައިދާ ނުވާތީ އާއި، އެ ތަންތަން ރަނގަޅަށް ހިންގުމަށް ފުރުޞަތު ދެއްވުމުގެ ގޮތުން ކަމަށެވެ.

ކުންފުނިތަކުން ބޭނުންވެއްޖެނަމަ ސަރުކާރުގައި އޮތް ޙިއްޞާ ގަނެވޭގޮތަށް މަޖިލީހުން ވަނީ ޓޫރިޒަމް ޤާނޫނަށް ބަދަލު ގެންނަވައިފައެވެ.

އިކޮނޮމިކް ކައުންސިލުން ނިންމަވައިފައިވަނީ އެހެން ހުރި ހުރިހައި ރިސޯޓްތަކެއްގެ ޙިއްޞާވެސް ވިއްކަވާލެއްވުމަށްކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ ޙިއްޞާ ބައެއް ރަށްރަށުގައި ހުރީ ބިޑްނުކުރައްވައި ރިސޯޓް ހަދަން ދެއްވައިފައި ހުރުމުންނެވެ.

ބިޑް ނުކުރައްވައި ރިސޯޓް ހަދަން ރަށްތައް ދެއްވާއިރު ޢަންމު ގޮތެއްގައި ސަރުކާރުގެ %5-10 ޙިއްޞާ އެ ރަށެއްގައި ބާއްވަވައެވެ.

ނަމަވެސް ބިޑްކުރައްވައިގެން ދޭއިރު ސަރުކާރުގެ ޙިއްޞާއެއް ނުބާއްވަވައެވެ. ޝަންގްރިއްލާ ރިސޯޓް ތަރައްޤީކުރި، އައްޑޫ އިންވެސްޓްމަންޓް ކުންފުނީގައި އޮތް ސަރުކާރުގެ %30 ޙިއްޞާވެސް ވަނީ ފައިދާ ނުވާތީ ދޫކޮށްލައްވައިފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި
01 Nov 2026 ހަބަރު

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި

މީސްމީޑިއާއާއި ބައިނަލްއަގުވާމީ މަންސަތަކުގައި މި ހާދިސާގެ ވީޑިއޯތައް ދައުރުވަމުންދާއިރު، އެންބީއޭއެމްއިން ބުނެފައިވަނީ މިއީ ވަރަށް ނާޒުކު އަދި ސީރިއަސް މައްސަލައެއް ކަމަށާއި، މި މައްސަލަ ވަކި ފަރާތަކަށް ނުޖެހި، ފުރިހަމައަށް ތަހުގީގު ކުރެވެންޖެހޭނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ގާނޫނާ ހިލާފުވެފައިވާނަމަ ނުވަތަ އިހުމާލުވެފައިވާނަމަ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ މަތިން އެކަމަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.