ލ. ގަމުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަނީ
ލ. ގަމުން ތުނޑީ އަވަށަށް ނިސްބަތްވާ ދުވަސްވީ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަނީ ގަން ތުނޑި ރަތްފުސްގެ ޚަދީޖާ އަބްދުލް ރަހްމާން, 85 ކަމަށް މައުލޫމާތު ލިބެއެވެ.
އޭނާ ގެއްލިގެން ހޯދުމަށް އޭނާގެ އާއިލާއިން ވަނީ ފޭސްބުކްގައި ޕޯސްޓެއްވެސް ކޮށްފައެވެ. މި ޕޯސްޓުގައި ބުނެފައިވާ ގޮތުން އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މިއަދު ހަވީރު 5:45 ހާއިރުއެވެ.
މިކަމާއި ގަމު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި މިއަދު ހަވީރާއި ޖެހެންދެން އޭނާ ގޭތެރޭގައި އުޅުނުކަމަށާއި އާއިލާގެ މެންބަރުންނަށް އޭނާގެ ހަބަރެއް ނުވީ އިރުއޮށްސެން ކައިރިވެފައި ވަނިކޮށް ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ އަންހެން މީހާ ހޯދުމަށް ގަމުގެ އާންމުންނާއި އެއްކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް