ޕެޝަންފުރުޓް-މެންގޯ ޑެޒާޓް-- ފޮޓޯ/ހުޝާން
ޕެޝަންފުރުޓް-މެންގޯ ޑެޒާޓް-- ފޮޓޯ/ހުޝާން
ލައިފްސްޓައިލް 20 Oct 2023 | 04:10

ފޮނި އެއްޗަކަށް ކާލަން މިވަރެއް ނޯންނާނެ؛ ތައްޔާރު ކޮށްލާ ކަހަލަދޯ؟

މި ހުކުރު "ވޮއިސް" ގެ ބަދިގެއިން މި ގެނެސްދެނީ ފޮނި އެއްޗެހި ކެއުމަށް ޝައުގުވެރިކަން ހުންނަ މީހުން ނުކައި ދޫކޮށްލާ ވަރުގެ އެއްޗެއް ނޫނެވެ. މިއީ ތައްޔާރު ކޮށްލަން ފަސޭހަ، އަނގަޔަށް އެހާމެ މީރު ޑެޒާޓެކެވެ.

ބޭނުންވާ ތަކެތި

މާރީ ބިސްކޯދު

3 ޕެޝަން ފުރުޓް

3 އަނބު (ދިވެހި އަނބު)

3 ދަޅު ނެސްލޭ ކްރީމް

1 ދަޅު ގެރި ކިރު

ތައްޔާރުކުރާނެ ގޮތް

1) ތައްޓެއްގެ ތެރޭގައި ނެސްލޭ ކްރީމް އާއި ގެރިކިރު ރަނގަޅަށް އެކުލަވާ ލާށެވެ.

2) ދެން، އަނބުގެ ތޮށި މަށާ ލުމަށްފަހު، އިތުރު ތައްޓެއްގެ ތެރެއަށް،  ކުދިކޮށް ކިޔުބްކޮށް ކޮށާލާށެވެ. އެ ތަށީގެ ތެރެއަށް ޕެޝަން ފުރުޓުވެސް އަޅާލާ ސަމުސަލަކުން އަނބާއި ފުރުޓުކޮޅު އެޅުލަވާލާށެވެ.

3) އެއަށްފަހު، ޓެރޭއެއްގައި، ލޭޔާސް ގޮތަށް އެތަކެތި އަތުރާލާނީއެވެ. އެންމެ ފުރަތަަމަ އަޅާނީ ނެސްލޭ ކްރީމް އިން ތައްޔާރުކުރި މިކްސްޗަރ ގެ ލެޔާރ އެކެވެ. ދެން އޭގެ މަތީގައި ރީތިކޮށް މާރީ ބިސްކޯދު ލެޔާރ އެއް އަތުރާލާނީ އެވެ. އެއަށްފަހު އަނެއްކާވެސް ނެސްލޭ ކްރީމް މިކްސްޗަރ ގެ ލެޔާރ އަޅާލާނީއެވެ. ދެން އޭގެ މަށްޗަށް ފުރުޓު ލެޔާރ އެއް އަޅާލާނީ އެވެ. މި ސްޓެޕް އަދި އެއް ފަހަރު ރިޕީޓް ކޮށްލާށެވެ. އެންމެ މަތީ ލެޔާރ އަކަށް އިންނާނީ ފުރުޓު މިކްސްޗަރ ލެޔަރ އެކެވެ.

4) ދެން އައިސް އަލަމާރި އަށްލައި ފިނި ކޮށްލުމަށް ފަހު ކާންވީއެވެ.

ނޯޓް: އަނބު ނުލިބޭ ނަމަ އަނބު ނުލާ ވެސް މި ޑެޒާޓް ތައްޔާރު ކޮށްލެވިދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...