ހެނދުނު ސަޔަށް ސިއްހަތަށް ފައިދާ ހުރި، އޯޓްސް ސްމޫތީ ތައްޔާރު ކޮށްލަމާ
ހެނދުނު ސަޔަށް އޯޓްސް ސްމޫތީ އެއް ބުއިލުމުން ދުވަސް ފެށިގެންވެސްދާނީ ސިއްހަތަށް ފައިދާ ހުރި ބުއިމަކުންނެވެ. މިއީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެސް އެމަނިކުފާނުގެ ހެނދުނު ނާސްތާއަށް ހިއްޕަވާ ބުއިން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އޯޓްސް ސްމޫތީ އަކީ ތައްޔާރު ކޮށްލަންވެސް ވަރަށް ފަސޭހަ ބުއިމެކެވެ.
ބޭނުންވާ ތަކެތި
1/4 ޖޯޑު އޯޓްސް1 ދޮންކެޔޮ (ކޮށާގައި ފްރީޒް ކޮށްފައި)
1/2 ޖޯޑް އަން-ސްވީޓެންޑް އަލްމަންޑް މިލްކް
1 މޭޒުމަތީ ސަމުސާ ޕީނަޓް ބަޓަރ
1/2 ސައި ސަމުސާ ވެނީލާ އެސެންސް
1/2 ސައި ސަމުސާ މުގުރާފައި ހުރި ފޮނިތޮށި
1 ސައި ސަމުސާ މާމުއި
އައިސް ކިޔުބު
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަަމަ، މިކްސަރަކުން ރަނގަޅަށް ހިމުންވަންދެން އޯޓްސް މުގުރާލާށެވެ. އެއަށްފަހު އައިސް ކިޔުބު ފިޔަވައި ދެން ހުރި ހުރިހާ ތަކެއްޗެއް އަޅާލުމަށްފަހު އަނެއްކާވެސް މިކްސަރުން ރަނގަޅަށް މުގުރާލާށެވެ. ފޮނި މަޑު ނަމަ އިތުރަށް މާމުއި ނުވަތަ ހަކުރު އެޅިދާނެ އެވެ. ދެން ތައްޓަކަށް ސްމޫތީ އަޅާލުމަށްފަހު ބޭނުން ވަރަކަށް އައިސް ކިޔުބު އަޅާލާނީއެވެ. އޯޓްސް ސްމޫތީ އެހުރީ ތައްޔާރުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް