ދަރުބާރުގެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް މިރޭ ބަދަލުތަކެއް
ދަރުބާރުގެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް މިރޭ ބަދަލުތަކެއް ގެނައުމަށް ނިންމައިފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފާ ކަންކަތި އެވޯޑު ދިނުމުގެ ހަފްލާއަށް ދަރުބާރުގޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް މިރޭ 20:00 ން ޖަލްސާ ނިމެންދެން ވަނީ ބަދަލުތަކެއް ގެނައުމަށް ނިންމާފައެވެ.
އެގޮތުން އެ ވަގުތު ތަކުގައި ދަރުބާރުގެ ހިމެނޭ ސަރަހައްދުން އަމީނީމަގުން މޫންލައިޓް ހިނގުމާއި ހަމައަށް ހަތަރު ފުރޮޅުލި އުޅަނދުތަކަށް ދުއްވުމާއި އެއްވެސް އުޅަނދެއް ޕާކުކޮށްފައި ބޭއްވުމަކީ މަނާކަމެއް ކަމަށް ފުލުހުން ހާމަކުރެއެވެ.
މީގެ ކުރިން ވެސް އެކި މުނާސަބާތަކާއި ގުޅިގެން ބޭއްވޭ ރަސްމިއްޔާތު ތަކަށް މާލޭގެ ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެވި އެކަން އަންނަނީ ފުލުހުން ހާމަކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް