ހއ.އަތޮޅުން ކ.އަތޮޅަށް މިއަދު ދެވަނަ ފަހަރަށް ހުދު ސަމާލު ނެރެފި!
ހއ.އަތޮޅުން ކ.އަތޮޅަށް މިއަދު ދެވަނަ ފަހަރަށް ހުދު ސަމާލު ނެރެފިއެެވެ.
މި ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ 13:00 ފެށިގެން މިރޭގެ 19:00 އާއި ހަމައަށެވެ.
މެޓް އޮފީހުން ނެރެފައިވާ ސަމާލުގައި ބުނެފައިވަނީ ހއ.އަތޮޅާއި ކ.އަތޮޅާއި ދެމެދަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އެސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މިއަދު މީގެ ކުރިންވެސް މެޓް އޮފީހުން ވަނީ ހއ.އަތޮޅާއި ކ. އަތޮޅާއި ދެމެދަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހިި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ.
އެފަހަރު ނެރުނު ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 7:00 ން މެންދުރު 13:00 އާއި ހަމައަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް