އެމްޑީއޭގެ ލީޑަރ ޝިޔާމްވެސް ރައީސާއި ބައްދަލު ކުރައްވައިފި
އެމްޑީއޭގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އޮނަރަބަލް އަޙްމަދު ޞިޔާމް މުޙައްމަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލު ކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންކަމާއި ގުޅިގެން ރައީސް އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެމްޑީއޭގެ ލީޑަރު ސިޔާމް، ރައީސް މުޢިއްޒު އާއި ބައްދަލު ކުރެއްވިއިރު، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި އެ ޕާޓީން ވަނީ ރައީސް މުޢިއްޒުއަށް ތާއީދު ކުރައްވައިފައެވެ.
ރައީީސް މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހީމާއި ވެސް ބައްދަލުކުރައްވައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް