N/A
N/A
ހަބަރު 21 Jul 2020 | 00:23

ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް އަލަށް ނަންގަވާ ކަސްޓަމަރުންނަށް ޚާއްސަ އިނާޔަތްތަކެއް!

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަށް އަލަށް ހޯއްދަވާ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް މިއަދު ދިރާގުން ތައާރަފުކޮށްފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބަރ ކޭބަލް އެއް އަޅާފައިވާ ބިލްޑިންގތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ހިލޭ ރައުޓަރ ވެސް ލިބިގެންދާނެއެވެ. މީގެ އިތުރުން، ދިރާގު ފައިބަރ ކޭބަލެއް ނެތް ބިލްޑިންގ ތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން ކަނެކްޝަން ފީ އިން%50 ޑިސްކައުންޓް އަދި ރައުޓަރ ހިލޭ އިން ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 އޮގަސްޓް 2020 ގެ ނިޔަލަށެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑްގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ހިމެނެއެވެ. އެގޮތުން، ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖްވެސް ހިމެނެއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 75 އިންސައްތައަށް މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުރާނައަށް ނުރައްކާވާފަދަ ހާދިސާއެއް؛ މަތިން ވެއްޓުނު ވެލި ބަސްތާ ބޮލަށް ނުވެއްޓި މީހަކު ސަލާމަތްވީ ކިރިޔާ
18 Oct 2026 ހަބަރު

ފުރާނައަށް ނުރައްކާވާފަދަ ހާދިސާއެއް؛ މަތިން ވެއްޓުނު ވެލި ބަސްތާ ބޮލަށް ނުވެއްޓި މީހަކު ސަލާމަތްވީ ކިރިޔާ

މާލޭގައި، ހަދަމުންދާ އިމާރާތެއްގެ މަތިން މަގުމައްޗަށް ވެލި ބަސްތާއެއް ވެއްޓި، ހިނގި ނުރައްކާތެރި ހާދިސާއެއްގައި ސައިކަލެއްގައި ދިޔަ މީހަކު ކިރިޔާ ސަލާމަތްވެއްޖެއެވެ. މި ހާދިސާގައި އެ މީހާގެ ބޮލަށް ބަސްތާ ނުވެއްޓި ސަލާމަތްވީ ސިކުންތު ކޮޅެއްގެ ލަސްވުމަކުންނެވެ.

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ރަސްދޫއިން ހައްޔަރުކޮށްފި
18 Oct 2026 ހަބަރު

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ރަސްދޫއިން ހައްޔަރުކޮށްފި

ހައްޔަރުކުރި މީހުންގެ ތެރޭގައި އއ. ރަސްދޫގެ ހަތް މީހަކާއި، ހދ. ކުމުންދޫގެ އަންހެނަކާއި، އއ. ތޮއްޑޫގެ މީހަކާއި، ބަންގްލަދޭޝްގެ ރައްޔިތެއް ހިމެނެއެވެ. މި މީހުންގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅުމާއި، ބޭނުންކުރުމާއި، އެ ތަކެތި ވިއްކުމުގެ ކުށުގައެވެ.

ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރަށްފަހު ނިންމާލައިފި؛ ”މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ވަޒީރު އާއި ޕީޖީ ދެއްވި“
18 Oct 2026 ހަބަރު

ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރަށްފަހު ނިންމާލައިފި؛ ”މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ވަޒީރު އާއި ޕީޖީ ދެއްވި“

ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ތަކުރާރުކޮށް މީހުންނަށް އުނދަގޫކުރާ މީހެއްގެ މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި، ގާތްގަނޑަކަށް 35 ގަޑިއިރު ވަންދެން ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު އެންމެ ފަހުން ހުއްޓާލައިފިއެވެ.

ފުލުހެއް ގައިގައި ގަސްތުގައި ސައިކަލުން ޖެއްސި މީހުންގެ ބަންދަށް އެންމެ 5 ދުވަސް
18 Oct 2026 ހަބަރު

ފުލުހެއް ގައިގައި ގަސްތުގައި ސައިކަލުން ޖެއްސި މީހުންގެ ބަންދަށް އެންމެ 5 ދުވަސް

ސިނަމާލެ ބްރިޖު ހައިވޭގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލަކުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ކޯޓުން ފަސް ދުވަސް ދީފިއެވެ.

ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި، ޕެންޝަން ފަންޑުގައި ހުރި ފައިސާގެ އަދަދު 60 ބިލިއަން ރުފިޔާއަށް އިތުރުކުރާނަން: ޔަޒްމީދު
18 Oct 2026 ހަބަރު

ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި، ޕެންޝަން ފަންޑުގައި ހުރި ފައިސާގެ އަދަދު 60 ބިލިއަން ރުފިޔާއަށް އިތުރުކުރާނަން: ޔަޒްމީދު

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ބަލަހައްޓަމުންދާ ފައިސާގެ އަދަދު، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ދެގުނަ ކުރައްވައި 60 ބިލިއަން ރުފިޔާއަށް އިތުރުކުރައްވާނެކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު )ސީއީއޯ( ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ކާރެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް: ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި
18 Oct 2026 ހަބަރު

ހުޅުމާލޭގައި ކާރެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް: ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

ހުޅުމާލޭގައި ކޮންޓްރޯލުން ނެއްޓިގެން ދިޔަ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ދޮޅު އަހަރު ވީއިރުވެސް އާންމު އުނދަގުލަކަށް ވީ މީހާގެ މައްސަލާގައި ހައްލެއް ނުލިބުނު
17 Oct 2026 ހަބަރު

ދޮޅު އަހަރު ވީއިރުވެސް އާންމު އުނދަގުލަކަށް ވީ މީހާގެ މައްސަލާގައި ހައްލެއް ނުލިބުނު

ސައީދު މިރޭ ބުނެފައިވަނީ ފުލުހުން އޭނަ ހައްޔަރުކުރިނަމަވެސް ހަޅުތާލު ކުރިއަށްގެންދާނޭކަމަށާއި، ބޭނުންވަނީ މި މައްސަލައަށް ދައިމީ ހައްލެއްކަމަށެވެ. މި މައްސަލާގައި ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާތާ ދޮޅުއަހަރުވެފައިވާކަން ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

ޑްރަގް ކެފޭއެއް ހިންގި އެޕާޓްމެންޓުން ހައްޔަރުކުރި ހަ މީހުން 30 ދުވަހަށް ބަންދުކޮށްފި
17 Oct 2026 ހަބަރު

ޑްރަގް ކެފޭއެއް ހިންގި އެޕާޓްމެންޓުން ހައްޔަރުކުރި ހަ މީހުން 30 ދުވަހަށް ބަންދުކޮށްފި

ތުހުމަތުގައި ކޯޓަށް ގެންދިޔަ މީހުން ބުނެފައިވަނީ، އެޕާޓްމެންޓުން ފެނުނު މަސްތުވާތަކެއްޗާ އެމީހުންނަށް އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ކުރެވިފައިވާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށެވެ. ނަމަވެސް ފުލުހުން ހުށަހެޅި ހެކިތައް ބަލައި، ހަ މީހުން ވެސް 30 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވެއެވެ.