މެންބަރު ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންފި!
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.
އެމްޑީޕީން ވަކިވިކަން އަންގައި ޗެއާޕާސަން ފައްޔާޟް އިސްމާއިލަށް ފޮނުވި ސިޓީގައި ސިރާޖު ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާތީ ކަމަށެވެ. ނަމަވެސް އެ ޕާޓީގައި ހުންނަން ބޭނުން ނުވާ ސަބަބު ހާމަ ކުރައްވާފައި ނުވެއެވެ.
އެމްޑީޕީގެ ޕްރައިމަރީގައިވެސް ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރެއްވި ސިރާޖު ފަހަކަށް އައިސް މި ސަރުކާރުގެ ބައެއް ސިޔާސަތަށް ފާޑުވިދާޅުވަމުން އަންނަ ތަން ދަނީ ފެންނަމުންނެވެ.
އެގޮތުން ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތަށް އޭނާ ވަނީ ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް