މެންބަރު ސިރާޖުގެ ތާއިދު ޑރ. މުއިއްޒުއަށް
މިއަދު އެމްޑީޕީން ވަކިވެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއަށް ތާއީދުކުރަން ނިންމައިފިއެވެ.
ޑރ މުއިއްޒުއަށް ތާއީދުކުރައްވަން ނިންމެވިކަން ސިރާޖު އިއުލާނު ކުރެއްވީ މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރި ޓުވީޓެއްގައެވެ. ޑރ މުއިއްޒުގެ އަރިހުގައި ހުންނަވައިގެން ނަގައިފައިވާ ފޮޓޯއަކާއެކު ސިރާޖު ކުރެއްވި ޓުވީޓުގައި ބުނެފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ލ އަތޮޅުން އެމްޑީޕީ ކުރި ހޯދިކަމުގައިވިޔަސް މިއަހަރު އިންތިހާބުގައި އެކަން ބަދަލު ކުރައްވާނެކަމުގައެވެ.
އެމްޑީޕީން ވަކިވިކަން އަންގައި ޗެއާޕާސަން ފައްޔާޟް އިސްމާއިލަށް މިއަދު ފޮނުވި ސިޓީގައި ސިރާޖު ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާތީ ކަމަށެވެ. ނަމަވެސް އެ ޕާޓީގައި ހުންނަން ބޭނުން ނުވާ ސަބަބު ހާމަ ކުރައްވާފައި ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް