މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންވެސް ބޯހިމެނުމުގައި ބައިވެރިވުމަށް މުއިއްޒު އެދިވަޑައިގެންފި
މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންވެސް ބޯހިމެނުމުގައި ބައިވެރިވުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އެދިލައްވައިފިއެވެ.
ބޯހިމެނުުގައި މާލެ ސިޓީގެ ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުމާއި ގުޅޭގޮތުން ޓުވިޓާގައި ހިއްސާކުރެއްވި ވީޑިއޯގައި މޭޔަރު ވިދާޅުވީ މާލެ ސިޓީ އާއި ވިލިމާލެ އަދި ހުޅުމާލޭގެ އާބާދީގެ މަޢުލޫމާތަކީ ވަރަށް މުޙިއްމު މަޢުލޫމާތެއް ކަމަށާއި، އެ ހުރިހާ މަޢުލޫމާތެއް ހޯދޭނީ ބޯހިމެނުމުގެ ތެރެއިން ކަމަށެވެ.
ބޯހިމެނުމަކީ ޤައުމީ މަސައްކަތެއް ކަމަށާއި، ޤައުމުގެ ކުރިމަގަށްޓަކައި މި މަޢުލޫމަތަކީ ވަރަށް މުޙިއްމު މަޢުލޫމާތެއް ކަމުގައި މޭޔަރު ވިދާޅުވިއެވެ. އަދި އެމަނިކުފާނުވެސް ބޯހިމެނުމުގައި މިހާރު ބައިވެރިވެވަޑައިގަނެފައިވާކަން ފާހަގަކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް