ބަޓަރ ޗިކަން-- ފޮޓޯ: ގޫގުލް
ބަޓަރ ޗިކަން-- ފޮޓޯ: ގޫގުލް
ލައިފްސްޓައިލް 21 Oct 2022 | 02:01

މި ހުކުރު މެންދުރު ކެއުމަށް ބަޓަރ ޗިކަން ހަދާލަން ބޭނުންތަ؟ މިއޮތީ ރެސިޕީ!

މިއަދު "ވޮއިސް" ގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް މީރު ކޮށް ބަޓަރ ޗިކަން ތައްޔާރުކުރާނެ ގޮތެވެ. ބަޓަރ ޗިކަން އަކީ ފަރާޓާ އާއި އެކު ނުވަތަ ރޮށްޓާއި އެކު ކާލަންވެސް ވަރަށް މީރު ކެއުމެކެވެ.

ކުކުޅު މެރިނޭޓް ކުރުމަށް ބޭނުންވާތަކެތި:

500 ގްރާމް ބޯންލަސް ކުކުޅު

1 ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)

1 ސައިސަމުސާ ގަރަމް މަސާލާ

1 ސައިސަމުސާ ތެޅި މިރުސް

½ ޖޯޑު ޕްލެއިން ޔޯގަޓް
1/2 ސައިސަމުސާ ލޮނުމެދު (ގާނާފައި)

1/2 ސައިސަމުސާ އިނގުރު (ގާނާފައި)

1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

ކުކުޅު ކޮޅު ފްރައި ކުރުމަށް ބޭނުންވާ ތަކެތި:

2 މޭޒުމަތީ ސަމުސާ ބަޓަރު
2 މޭޒުމަތީ ސަމުސާ ތެޔޮ

ސޯސްގަނޑު ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)

6 ލޮނުމެދު (ތުނިކޮށް ކޮށާފައި)

5 ކާފޫރު ތޮޅި

2 ސައިސަމުސާ ތަންދޫރީ ހަވާދު

½ ޖޯޑު ޓޮމާޓޯ ޕިޔުރީ

1 ޖޯޑު ހެވީ ކްރީމް ނުވަތަ ބޯކިރު

1 ސައި ސަމުސާ މުގުރި މިރުސް 
ރަހަލާ ވަރަށް ލޮނު

50 ގްރާމް ކެޝޫ ނަޓް (ބޭނުންނަމަ)

50 ގްރާމް އަލްމަންޑް (ބޭނުންނަމަ)

2 މޭޒުމަތީ ސަމުސާ ބަޓަރ

1/2 ސައިސަމުސާ ގަރަމް މަސާލާ

ހަދާނެގޮތް

1. ކުކުޅު ކޮށާލާށެވެ. ކޮށާނީ ކުޅިމަހަށް ކަނޑުމަސް އާއްމުކޮށް ކޮށާ ސައިޒަށެވެ. އެއަށްފަހު، މެރިނޭޓް ކުރުމަށް ބޭނުންވާ ހުރިހާ ތަކެތި ބޮޑު ތަށްޓެއްގައި އެކުލަވައިލާށެވެ. ދެން އޭގެ ތެރެއަށް ކުކުޅުކޮޅު އަޅާލާ ރަނގަޅަށް އެއްކުރުމަށްފަހު މަތިޖަހާފައި ބަހައްޓާށެވެ. މިގޮތަށް ގިނައިރު ބަހައްޓަން ބޭނުންވާނަމަ ފްރިޖްގައި ބަހައްޓާށެވެ.

2. ތަވާ އުނދުން މައްޗަށް އުދާށެވެ. ތަވަޔަށް ރަނގަޅަށް ހޫނުވުމުން، ތެޔޮފޮދާއި، ބަޓަރުކޮޅު އަޅާށެވެ. ބަޓަރުކޮޅު ވިރުމުން، އޭގެ ތެރެއަށް މެރިނޭޓްކުރި ކުކުޅުކޮޅު އަޅާލާށެވެ. ކުކުޅުކޮޅު ރަނގަޅަށް ރޯފިލަންދެން ފުށުންޖަހަން ވާނެއެވެ. ހުރިހާ ކުކުޅުކޮޅުތައް ރޯފިލުމުން، އެހުރީ، ބަޓަރ ޗިކަންއަށް ބޭނުންވާނޭ ކުކުޅުކޮޅު ތައްޔާރުކޮށް ނިމިފައެވެ. ދެން ތަވާގެ ތެރެއިން ކުކުޅުކޮޅު ނަގާށެވެ.

3. ސޯސްގަނޑު ތައްޔާރުކުރުމަށް، ކުކުޅުކޮޅު ފްރައިކުރި ތާސް އުނދުންމައްޗަށް އުދާށެވެ. އޭގެ ތެރެއަށް، ފިޔާ އާއި ލޮނުމެދުކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން، ޓޮމާޓޯ ފިއުރީކޮޅު އަޅައި ރަނގަޅަށް ކައްކާލާށެވެ. އެއަށްފަހު މުގުރި މިރުސްކޮޅާއި ތަންދޫރީ މަސާލާ އަދި ގަރަމް މަސާލާ އަޅައި އެއްކޮށްލާށެވެ.

އޭގެފަހުގައި ކެޝޫ ނަޓް އަދި އަލްމަންޑް އެޅުމަށްފަހު ފަނަރަ މިނެޓް ވަންދެން، މަތި ޖަހައިގެން ކައްކާލާށެވެ. މާ ހިކި ހެން ހީވާނަމަ ފެންފޮދެއް އަޅާލާށެވެ.  އުނދުން ބަހައްޓަންވާނީ، މަޑު ގިނީގައެވެ. ފަނަރަމިނެޓް ފަހުން، ލޮނުކޮޅު އެޅުމަށްފަހު، ރަނގަޅަށް އެއްކޮށްލާށެވެ. ސޯސްގަނޑު ރަނގަޅަށް ހިހޫވުމުން، މިކްސަރަށް އަޅާފައި ހިމުންވަންދެން މުގުރާލާށެވެ. އޭގެފަހުގައި ފުރާނާލާށެވެ.

4. ތަވާ އުނދުން މައްޗަށް އުދާށެވެ. މަޑު ގިނީގައި އުނދުން ބަހައްޓައިގެން، ފުރާނާލި ސޯސްގަނޑާއި ކާފޫރުތޮޅި އޭގެ ތެރެއަށް އަޅާށެވެ. ބޮކި ޖަހާފައި ކެކެން ފެށުމުން، ބަޓަރުކޮޅު އަޅާލާށެވެ. ބަޓަރުކޮޅު ވިރުމުން، އޭގެ ތެރެއަށް ހެވީކްރީމް ނުވަތަ ބޯކިރު އަޅައި، ރަނގަޅަށް އެއްކޮށްލާށެވެ. ބޮކި ޖަހާފައި ކެކެންދެން ހަލަމުން ގެންދަންވާނެއެވެ.

5. ސޯސް ގަނޑު ތައްޔާރު ވުމުން، އޭގެ ތެރެއަށް ފްރައި ކުރި ކުކުޅު ކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ބޭނުންނަމަ، އުނދުންމަތީން ބޭލުމުގެ ކުރިން، އިތުރު ބަޓަރުކޮޅެއް (1 މޭޒުމަތީ ސަމުސާ ބަޓަރު) އަޅާލެވިދާނެއެވެ.

މިހާރު އެހުރީ މީރު ކޮށް ބަޓަރ ޗިކަން ތައްޔާރުކުރެވިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...