މަކުނުދޫގައި ބާރުގަދަ އެއްޗެއް ގޮވައިފި
ހދ މަކުނުދޫގައި ބާރުގަދަ އެއްޗެއް ގޮވައިފިއެވެ.
އެރަށުން ވޮއިސްއަށް މައުލޫމާތު ދިން މީހަކު ބުނީ އެ ހާދިސާ ހިނގި ކަމަށް ބެލެވޭ އެރަށުގެ މަސް މާރުކޭޓުގެ ވަށައިގެން ހުރި ބިއްލޫރިތައް ތެޅިފައިވާ ކަމަށާއި އަދި އެ ތަނުގެ ސީލިންގުވުވެސް ބިމާއި ހަމަވެފައިވާކަމަށެވެ.
މީގެ އިތުރުން އޭނާ ބުނީ މަސް މާރުކޭޓު ބޭރުން ޗިސްވެފައިވާ އެއް ހަށިގަނޑު ފެށިފައިވާކަމަށާއި އަދި އެ ސަރަހައްދާއި 100 ވަރަކަށް ފޫޓު ދުރުން އެހެން ހަށިގަނޑެއް ފެނިފައިވާކަމަށެވެ.
އަދި ފެނުނު ދެ ހަށިގަނޑުވެސް ވަނީ ގުނަވަންތައް ވަކިވެ ޗިސްވެފައިކަމަށް އެނާ މައުލޫމާތު ދިނެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، މަކުނުދޫ ބަނދަރުގެ ދެކުނު ފަރާތުގައި ހުންނަ މަސް މާރުކޭޓު ސަރަހައްދު ކައިރީ އެއްޗެއް ގޮވާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާތީ ސީންގައި ހަރަކާތްތެރިވަުމުންދާ ކަމަށެވެ.
އަދި މި ހާދިސާގައި ދެ މީހަކު ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް