ސަލާހް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ސަލާހް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު 21 Oct 2023 | 16:04

ފަހުހާފުގައި ސަލާހް ކާމިޔާބުކުރި ދެލަނޑާއެކު އެވަޓަން އަތުން މޮޅުވެ ލިވަޕޫލް އެއްވަނައަށް

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އެވަޓަންއާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ލިވަޕޫލުން ކާމިޔާބުކޮށް ވަގުތީގޮތުން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ލިވަޕޫލުން މެޗު ޑޮމިނޭޓުކުރި އިރު، މިހާފުގައި އެޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ ފޯވާޑް ލުއިސް ޑިއާޒް އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އެވަޓަންގެ ޑިފެންޑަރުން ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލާފައެވެ.

މިހާފުގައި އެވަޓަންގެ ފަރާތުން ރަގަޅު ޑިފެންސިވް ކުޅުމެއް ފެނިގެންދިޔަ އިރު އެޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އެޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު އޭޝްލީ ޔަންގް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް އެވަޓަންގެ މުޅި ޓީމު ފަހަތަށް ފައިބައިގެން ޑިފެންސް ކުރަމުންދަނިކޮށް ލިވަޕޫލުން މެޗުގެ ލީޑު ހޯދީ ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހް އެވެ.

މިމެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ވެސް ސަލާހް އެވެ. މިއީ އެޓީމުގެ އުރުގުއާއީގެ ފޯވާޑް ޑާވިން ނުނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 9 މެޗުން 20 ޕޮއިންޓް ހަމަކޮށް ލަނޑުގެ ތަފާތުން އެޓީމު ވަނީ ލީގު ތާވަލުގެ އެއްވަނައަށް ވަގުތީގޮތުން ކުރިއަށް ޖެހިލާފައެވެ.

މިމެޗުން ބަލިވި އެވަޓަން ލީގުގައި ކުޅުނު 9 މެޗުން ލިބުނު 7 ޕޮއިންޓާއެކު މިވަގުތު އޮތީ ލީގު ތާވަލްގެ 16 ވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގުގެ ނިންމުމާ ދެކޮޅަށް އިސްތިއުނާފުކޮށްފި
03 Oct 2026 ކުޅިވަރު

މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގުގެ ނިންމުމާ ދެކޮޅަށް އިސްތިއުނާފުކޮށްފި

ޕްރިމިއާ ލީގުގެ ޑިސިޕްލިނަރީ މައްސަލައިގައި ލީގު ކޮމިޝަނުން ނެރުނު ރައުޔާ މެދު ހިތްހަމަނުޖެހި، މެންޗެސްޓާ ސިޓީ ފުޓުބޯޅަ ކްލަބުން އެ ނިންމުމާ ދެކޮޅަށް އިސްތިއުނާފު ކޮށްފިއެވެ. މިކަމާ ގުޅޭގޮތުން މެންޗެސ...

މެންޗެސްޓަރ ސިޓީ މައްސަލާގައި އިއްތިހާދު އެއާވޭސް އިން ޕްރިމިއާ ލީގާ ދެކޮޅަށް ނިކުމެއްޖެ
01 Oct 2026 ކުޅިވަރު

މެންޗެސްޓަރ ސިޓީ މައްސަލާގައި އިއްތިހާދު އެއާވޭސް އިން ޕްރިމިއާ ލީގާ ދެކޮޅަށް ނިކުމެއްޖެ

މެންޗެސްޓަރ ސިޓީން ޕްރިމިއާ ލީގުގެ މާލީ މުއާމަލާތުގެ ގަވާއިދާ ހިލާފްވި މައްސަލާގައި އެންމެފަހުން އެ ކްލަބުގެ މައި ސްޕޮންސަރު  އިއްތިހާދު އެއާވޭސްއިން ޕްރިމިއާ ލީގާ ދެކޮޅަށް ނިކުމެއްޖެއެވެ. މިކަމާ ގުޅި...

ސަންޑަރލޭންޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި
21 Sep 2026 ކުޅިވަރު

ސަންޑަރލޭންޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގްގައި މެންޗެސްޓަރ ސިޓީ އާއި ސަންޑަލޭންޑް ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެއްވަނާގައި އެޓީމް ހަމަޖެހިލައިފިއެވެ. މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި...

ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، އާސެނަލްގެ ރެކޯޑް ނިމުމަކަށް
20 Sep 2026 ކުޅިވަރު

ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، އާސެނަލްގެ ރެކޯޑް ނިމުމަކަށް

އިނގިރޭސި ޕްރިމިއާލީގްގައި ރޭ ބްރައިޓަން އާއި އާސެނަލް ބައްދަލުކުރިމެޗް ބްރައިޓަން ކާމިޔާބުކޮށް ތާވަލްގެ ތިންވަނައަށް އެޓީމް ޖެހިލައިފިއެވެ. މިމެޗް ބްރައިޓަން ކާމިޔާބުކުރުމާއެކު މި ސީޒަނުގައި އާސެނަލް...