ފޮޓޯ: އިންޑިޔާ ހައިކޮމިޝަން
ފޮޓޯ: އިންޑިޔާ ހައިކޮމިޝަން
ހަބަރު 21 Oct 2026 | 12:17

ތަމްރީނު ދަތުރެއްގައި އިންޑިއާ ނޭވީގެ 3 އުޅަނދެއް ރާއްޖެ އަތުވެއްޖެ

އިންޑިއާއިން ޤައުމުން ބޭރުގައި ކުރިއަށްގެންދާ ތަމްރީނު ދަތުރުތަކުގެ ތެރެއިން، ދިވެހި އަސްކަރިއްޔާއާ ގުޅިގެން ތަމްރީނުތަކެއް ފުރިހަމަކުރުމަށް އެ ޤައުމުގެ ކަނޑުގެ ސިފައިންގެ ތިން އުޅަނދެއް މާލެ ބަނދަރުކޮށްފިއެވެ.

މާލެއަށް ބަނދަރުކުރި އުޅަނދުތަކަކީ އިންޑިއަން ނޭވީގެ ފަސްޓް ޓްރެއިނިންގ ސްކޮޑްރަންގައި ހިމެނޭ އައިއެންއެސް ތީރާއި، އައިއެންއެސް ސުޖާތާގެ އިތުރުން އައިސީޖީއެސް ސާރަތީ ކަމަށް، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މީސްމީޑިއާ މަންސަ "އެކްސް" ގައި ހާމަކޮށްފައިވެއެވެ.

އިންޑިއާ ހައިކޮމިޝަނުން މަޢުލޫމާތު ދިން ގޮތުގައި، މި ދަތުރުގެ މައިގަނޑު ބޭނުމަކީ އިންޑިއާ އަދި ދިވެހި އަސްކަރިއްޔާ ގުޅިގެން ޚާއްޞަ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމެވެ. އަދި މި ދަތުރުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، ޚާއްޞަކޮށް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

މި އުޅަނދުތައް މާލެ ބަނދަރުކުރުމުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ އެ އުޅަނދުތަކަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ދިވެހިރާއްޖެއާއި އިންޑިއާގެ ސިފައިން ގުޅިގެން އެންމެ ފަހުން އަސްކަރީ ތަމްރީނެއް ބާއްވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މީގެއިތުރުން، ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާ ގުޅިގެން "ދޯސްތީ" ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކަކީ ވެސް މިފަދައިން ކޮންމެ އަހަރަކު ކާމިޔާބުކަމާއެކު ހިންގަމުން އަންނަ މުހިންމު ޕްރޮގްރާމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޕާކިސްތާނުގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންފި
21 Oct 2026 ހަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޕާކިސްތާނުގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންފި

މި ޖާފަތް އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު ކަމަށްވާ، އައިވާން-އީ-ސަދްރުގައެވެ.

ރައީސްގެ ދެކަނބަލުން އިސްލާމްއާބާދުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައިފި
21 Oct 2026 ހަބަރު

ރައީސްގެ ދެކަނބަލުން އިސްލާމްއާބާދުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުންވެސް މި ޒިޔާރަތުގައި، ބައިވެރިވެވަޑައިގެންނެވިއެވެ.

ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖު އެލާޓް، ދަތުރުކުރުން މަނާ
21 Oct 2026 ހަބަރު

ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖު އެލާޓް، ދަތުރުކުރުން މަނާ

އޮރެންޖް އެލާޓް ނެރުމުން އެ އަތޮޅުތަކުގައި ކަނޑުދަތުރުފަތުރު ނުކުރުމަށް ވަނީ އަންގާފަ އެވެ.

މާލެއަށް ބޯކޮށްވާރޭވެހެނީ، މާލޭގެ ބޮޑު ބައެއް ފެނު އަޑީގައި
21 Oct 2026 ހަބަރު

މާލެއަށް ބޯކޮށްވާރޭވެހެނީ، މާލޭގެ ބޮޑު ބައެއް ފެނު އަޑީގައި

މާލެއަށް ބޯކޮށްވާރޭވެހެމުންދާއިރު ބޮޑު ބައެއްގައި ފެން ބޮޑުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި
21 Oct 2026 ހަބަރު

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި އެވެ.

ރައީސްގެ ޕާކިސްތާނު ދަތުރުފުޅު: ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފި
21 Oct 2026 ހަބަރު

ރައީސްގެ ޕާކިސްތާނު ދަތުރުފުޅު: ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފި

ދެ ޤައުމުން އިސްކަންދޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުން އިތުރަށް ހަރުދަނާކުރުމަށް ދެ ލީޑަރުންވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ދައުލަތުގެ އިމާރަތްތަކުގައި ހުޅުޖަހަން ގޮވާލި ޒިހާން 15 ދުވަހަށް ބަންދުކޮށްފި
21 Oct 2026 ހަބަރު

ދައުލަތުގެ އިމާރަތްތަކުގައި ހުޅުޖަހަން ގޮވާލި ޒިހާން 15 ދުވަހަށް ބަންދުކޮށްފި

މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ނިންމާފައިވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުންނެވެ.

މައްސަލަ ބަލަނިކޮށް ގާޒީ އިޙްސާން އިސްތިޢުފާ ދެއްވައިފި
21 Oct 2026 ހަބަރު

މައްސަލަ ބަލަނިކޮށް ގާޒީ އިޙްސާން އިސްތިޢުފާ ދެއްވައިފި

ސިވިލް ކޯޓުގެ ޤާޟީ ޢަބްދުﷲ އިޙްސާންއާ ގުޅޭގޮތުން ހުށަހެޅިފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ދަނިކޮށް، އޭނާ މިއަދު ފަނޑިޔާރުކަމުގެ މަޤާމުން އިސްތިޢުފާ ދެއްވައިފި އެވެ.