ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ހުދުސަމާލު
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކަނޑު ގަދަވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ އިން ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ އިން ވައިޓް އެލާޓް ނެރެފާ ވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ. އެ ސަރަހައްދަށް މިއަދު 8:20 އިން ފެށިގެން ހެނދުނު މެންދުރު 2:00 އާ ހަމައަށް ކަނޑު ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މިގަޑިތަކުގައި އެ ސަރަހައްދަށް 19 މޭލާއި 24 މޭލަށް ވައިގަދަވާނެ ކަމަށާ، އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ ކަަނޑުތައްވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
އެހެންވުމާއި އެކު ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ބަލައިގެން ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
ވޭތުދިޔަ 24ގަޑިއިރަށް ބަލާއިރު އެންމެ ގިނައިން ވާރޭ ވެހިފައިވާކަމަށް ރެކޯޑްކޮށްފައިވަނީ ގދ. ކާޑެއްދޫއަށެވެ. އެ ރަށަށް 59.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް