ޑރ. އަބްދުﷲ ވަހީދު އަވަހާރަވެއްޖެ
ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. ވަހީދު އަވަހާރަވެއްޖެއެވެ.
އުމުރުން 65 އަހަރުގައި އޭނާ އަވަހާރަވީ ނިއުމޯނިއާގެ އާލާސްކަންފުޅަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަނިކޮށް މިއަދު ހެނދުނެވެ.
ޑރ. ވަހީދަކީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭގެ ކުރިން ވަނީ ހެލްތު މިނިސްޓްރީގައި ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ މަގާމު ވެސް ހަ އަހަރު ވަންދެން ފުރުއްވައިފަ އެވެ.
އޭގެއިތުރުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމާއި އައިޖީއެމްއެޗު ހިންގުމުގައި ވެސް ދުވަސްކޮޅަކަށް ޑރ.ވަހީދު ހުންނެވި އެވެ. އޭގެ ފަހުން ސްޓްރޯކެއް ޖެހުމާ ގުޅިގެން ހުންނެވީ ފީލްޑާ ދުރުގަ އެވެ.
ޑރ. ވަހީދު އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް