ބާރަށުގައި ބޭއްވި ބަށިބޯޅަ މުބާރާތެއްގައި ފިރިހެނަކު ބަށިކުޅެނީ- ފޮޓޯ/ ބާރަށު ދެކުނު ޒުވާނުން
ބާރަށުގައި ބޭއްވި ބަށިބޯޅަ މުބާރާތެއްގައި ފިރިހެނަކު ބަށިކުޅެނީ- ފޮޓޯ/ ބާރަށު ދެކުނު ޒުވާނުން
ކުޅިވަރު 15 Jul 2026 | 04:56

އެންބީއޭގެ ނަން ބަދަލުކޮށް އައު ޤަވައިދު ނެރެފި؛ ފިރިހެނުންނަށް ބަށިބޯޅަ މުބާރާތްތަކު ބައިވެރިނުވެވޭނެ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ރާއްޖޭގެ ބަށިބޯޅަ ކުރިއަރުވައި، މި ކުޅިވަރުގެ އަމިއްލަވަންތަކަން ހިމާޔަތްކުރުމަށްޓަކައި ކުރިން "ނޭޝަނަލް ބަށިބޯޅަ އެސޯސިއޭޝަން" (އެންބީއޭ) ގެ ނަމުގައި ހިންގަމުންދިޔަ ޖަމްއިއްޔާގެ ނަން "ބަށިބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް" (ބީއޭއެމް) އަށް ބަދަލުކޮށް، އެ އެސޯސިއޭޝަންގެ އައު ޤަވާއިދު މިއަދު އާންމުކޮށްފިއެވެ.

ބަށިބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހާމަކުރި ގޮތުގައި، މި ބަދަލާއެކު އެކުލަވާލެވުނު އައު ޤަވާއިދަކީ ކުރީގެ އެންބީއޭ އިން ނެރެފައިވާ ބަށިބޯޅަ ކުޅުމުގެ ޤަވާއިދުތަކަށް ބައެއް އިސްލާހުތައް ގެނެސްގެން އެކުލަވާލާފައިވާ ފުރަތަމަ ޤަވާއިދެވެ. މި ޤަވާއިދު އާންމުކުރުމާއެކު، ކުރީން އެކުލަވާލާފައިވާ ހުރިހާ ޤަވާއިދުތަކެއް މިހާރު ވަނީ އުވިފައެވެ.

އެ އެސޯސިއޭޝަނުން ވަނީ މީގެ ފަހުން އެއްވެސް ފަރާތަކުން "ނޭޝަނަލް ބަށިބޯޅަ އެސޯސިއޭޝަން" ނުވަތަ އެންބީއޭގެ ނަން އެއްވެސް ގޮތަކަށް ބޭނުންކުރުމާއި، އެ ނަމުގައި ހުރި ކުރީގެ ޤަވާއިދުތައް ބޭނުންކުރުން މަނާކޮށްފައެވެ.

މި ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބެއް ކަމަށް ބީއޭއެމް އިން ފާހަގަކުރީ، އެކި ފަރާތްތަކުން އެކި ޤަވާއިދުތަކަށް ބަށިބޯޅަ މުބާރާތްތައް ރާވައި ހިންގުމުގެ ސަބަބުން ކުޅިވަރުގެ ކުރިމަގަށް ބުރޫއަރައި، ކުޅުންތެރިންގެ ރައްކާތެރިކަން ގެއްލެމުންދާތީއެވެ. އެހެންކަމުން، އެސޯސިއޭޝަންގެ އެއްވެސް މެންބަރަކު ބީއޭއެމްގެ ރަސްމީ ޤަވާއިދު ނޫން އެހެން ޤަވާއިދަކަށް މުބާރާތްތައް ހިންގުމާއި ކުޅުމަކީ މަނާކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، ބަށިބޯޅައަކީ ޒަމާނުއްސުރެ ދިވެހި އަންހެނުންނަށް ޚާއްޞަ ކުރެވިފައިވާ ސަގާފީ ކުޅިވަރަކަށްވާތީ، މި ކުޅިވަރުގެ ސަގާފީ އަމިއްލަވަންތަކަން ހިމާޔަތްކުރުމުގެ ގޮތުން ފިރިހެނުން މުބާރާތްތަކުގައި ކުޅުމާއި ޓީމުތަކުގައި ހިމެނުމަކީވެސް އައު ޤަވާއިދުގެ ދަށުން މަނާކަމެކެވެ.

ބަށިބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ މުބާރާތްތައް ރާވާ ހިންގާ ފަރާތްތަކުންނާއި، ކުޅުންތެރިން އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މި އައު ޤަވާއިދަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

13 އޮގަސްޓް 2015 ގައި އުފެދުނު މި އެސޯސިއޭޝަނަކީ ރާއްޖޭގެ ސަގާފީ ކުޅިވަރެއް ކަމަށްވާ ބަށި، ޒަމާނީ "ބަށިބޯޅަ" އެއްގެ ގޮތުގައި ކުރިއަރުވަން މަސައްކަތްކުރާ މައި އިދާރާއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...