މެމްބަރު އީވާ މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
މެމްބަރު އީވާ މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު 22 Feb 2023 | 06:55

ލޯނު ދައްކަން ލޯނު ނެގުމަކީ ހަގީގީ ދަރަނި ދަންތުރައިގައި ޖެއްސުން: އީވާ

2013 އިން 2018 ވަނަ އަހަރުގެ ނިޔަލަށް ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ލޯނު ރީސްޓްރަކްޗާ ކުރުމަށް މަޖިލީހުން ސަރުކާރަށް ދިން ލަފަޔާއެއްގޮތަށް ސަރުކާރުން މަސައްކަތް ކުރަމުން ނުދާތީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރުދާއިރާގެ މެމްބަރު އީވާ އަބްދުالله ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށައެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލާ އަދި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އީވާ ވަނީ ގަރާރެއްވެސް ހުށައަޅުއްވާފަ އެވެ.

އެ ގަރާރު ހުށައަޅުއްވަމުން އީވާ ވިދާޅުވީ ދަރަނި ރީ ސްޓްރަކްޗާ ކުރުމަތީ އެމްޑީޕީގެ މެނިފެޓޯގައި ލިޔެފައިވާ ވައުދެއްކަމަށެވެ. އަދި ކުރީ ސަރުކާރުން ނަގާފައިވާ ދަރަނި ތަކުލީފަކަށް ނުވާނެހެން އަނބުރާ ދެއްކޭނެ ހަމައެކަނި ގޮތަކީ ދަރަނި ރީސްޓްރަކްޗާކޮށްގެން ކަމަށް އެމްޑީީގެ 2018 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓް އަދި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާކަމަށް އީވާ ވިދާޅުވިއެވެ.

އެކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އަމަލުކުރައްވަމުން ދަނީ އެމްޑީޕީގެ މެނިފެސްޓޯއާއި މުޅިން ޚިލާފަށް ކަމަށެވެ. އަދި ދަރަނި ރީސްޓްރަކްޗާ ކުރުމަށް މަޖިލީހުން ދިން ލަފަޔާ އެއްގޮތަށް އަމަލުކުރަމުން ނުދާކަން އީވާ ފާހަގަކުރެއްވި އެވެ.

ލޯނު ދައްކަން ނެގީ ލޯނު، ދަރަނިވީ އިތުރު

ދައުލަތުގެ ދަރަނީގެ ހިސާބުތައް އީވާގެ ވާހަކައިވަނީ ތަފްސީލުކޮށްދެއްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ 2023 ގެ ނިޔަލަށް ދައުލަތުގެ ދަރަނި 113 ބިލިއަނަށް އަރާ ކަމަށެވެ. 2018 ގެ ނިޔަލަށް ސޮވްރިން ގެރެންޓީއާ އެކު ދައުލަތުގެ ދަރަނި ހުރީ 67 ބިލިއަންގައި ކަމަށާއި، މި ވެރިކަމުގެ ފަސް އަހަރުގައި ދައުލަތުގެ ދަރަނި 113 ބިލިއަނަށް އެރުމުން އޭގެ މާނައަކީ މި ސަރުކާރުން 47 ބިލިއަން ދަރަނީގެ ގޮތުގައި ނަގާފައިވާކަމަށެވެ.

ރައީސް ޞާލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ.. ރާއްޖެއިން އެންމެ ގިނަ ލޯނު ނަގާފައިވަނީ އިންޑިއާއިން 

"މި ހިގާ އަހަރު 2023ގެ އަހަރުގައި ދައުލަތުގެ ބަޖެޓުގައި ބަޖެޓުކޮށްފައި އޮތީ ލޯނު އަނބުރާ ދެއްކުމަށް 5.5 ބިލިއަން އަންނަ އަހަރު 8 ބިލިއަން، އޭގެ އަނެއް އަހަރު 11 ބިލިއަން، 2026 ބޮޑު އަހަރު އިއްޒަތްތެރި ރައީސް 18 ބިލިއަން ދައުލަތުގެ ބަޖެޓުން އެބަ ޚަރަދުކުރަން ޖެހޭ، ދަރަނި އަނބުރާ ދެއްކުމަށް"

މަޖިލީހުގެ ނައިބުރއީސް އީވާ އަބްދުالله

އީވާ ވިދާޅުވީ ދައުލަތުގެ ދަރަނި ރީސްޓްރަކްޗާ ކުރުމަށް ލަފާ ދިނީ ފަހަރެއްގައި ވެސް ދަރަނި އަނބުރާ ދެއްކުން ފަސްކުރަން ނޫން ކަމަށެވެ. އެހެން ނަމަވެސް އެހެން ހުށައެޅީ އެއީ ރައްޔިތުންގެ ޖީބާއި ދައުލަތުގެ މާލިއްޔާއަށް އެންމެ ފައިދާވާނެ ގޮތްކަމުގައި ދެކޭތީކަމަށް އީވާ ވިދާޅުވި އެވެ.

މި ސަރުކާރުން ނަގާފައިވާ 47 ބިލިއަން ރުފިޔާގެ ދަރަނީގެ ބޮޑު ބަޔަކީ ސަރުކާރުން ހިންގުމަށް ނަގާފައިވާ ދަރަނިކަމަށާއި، އެ ދަރަނި ދައްކަން ޖެހޭނީ ރައްޔިތުންނަށްކަމަށް ވުމުން ލޯނު ރީސްޓްރަކްޗާ ކުރުމަށް ހުށައެޅީ މާލީ ބުރައަކަށް ނުވާނެހެން އެ ދަރަނި ދެއްކުމަށް ޖާގަ ހޯދުމަށްކަން އީވާ ފާހަގަކުރެއްވިއެވެ. އަދި އެއީ ގައުމުގެ ވަސީލަތްތަކާއި މާލީ ތަނަވަސްކަމަށް ގައުމުތަކުންވެސް ކުރާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މަޖިލީހުން ވަކިގޮތަކަށް އަމަލުކުރުމަށް ލަފާ ދެއްވާފައި ވީނަމަވެސް ސަރުކާރުން އެ ރިކޮމެންޑޭޝަންތަކަށް ބެލުމެއްނެތި ލޯނުތައް އަނބުރާ ދެއްކުމަށް އަނެއްކާވެސް ސަރުކާރުން އިތުރު ލޯނުތަކެއް ނަގާފައިވާކަމަށެވެ. އަދި އެއީ މިހާރު ނަގާފައި ހުރި ދަރަނީގެ މައްޗަށް ދަރަނި އިތުރުކުރުންކަމަށް އީވާ ސިފަކުރެއްވިއެވެ.

"ލޯނު ދައްކަން ލޯނު ނަގާއިރު އަޅުގަނޑުމެންނަށް މި ލިބެނީ ނޮން ކޮންސެންޝަނަލް ލޯނު، އެއީ ދިވެހިރާއްޖޭގެ މާލީ ހާލަތު ހުރިގޮތުން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ހުރި ގޮތުން އަޅުގަނޑުމެންނަކަށް ކޮންސެޝަނަލް ލޯނެއް ނުލިބޭ ހެސްކިޔާފަ ކުރު މުއްދަތުގައި ދައްކަން ޖެހޭ.. ޖެސް ކިޔާފަ ބޮޑު އިންޓްރެސްޓުގެ ލޯނު މި ގަނަނީ ކުރީގެ ލޯނުތައް އަނބުާ ދައްކަން"

މަޖިލީހުގެ ނައިބުރއީސް އީވާ އަބްދުالله

އީނާ ވިދާޅުވީ ލޯނު ދައްކަން ލޯނު ނެގުމަކީ އޭގެ ސަބަބުން މާލީ ގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަމެއްކަމަށެވެ.

ދައުލަތުގެ އާމްދަނީ އާއި ކުރާ ޚަރަދާއި ނުބައްދަލު މިހާލަތުގައި ލޯނު ދައްކަން ލޯނު ނެގުމަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ތަކުލީފުތައް އުފުލަން ޖެހޭނެ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެކަމުގެ އިތުރު ތަފްސީލުތއްވެސް އީވާ ހާމަކުރެއްވި އެވެ.

މެދު ފަންތީގެ ވިޔަފާރިތައް ފުނޑިގެން ދިއުން!

ލޯނުދައްކަން ލޯނު ނެގުމުން ލިބޭނެ ގެއްލުންތަކަށް އަލިއަޅުވާލާ އީވާ ވިދާޅުވީ ދިވެހިރާއްޖެއަށް އަންދާޒާ ކުރާ ގާތަށްވެސް ފޮރިން ކަރަންސީ ނުލިބޭ ކަމަށެވެ.

އެހެންވުމުން ދައުލަތުން ބަރޯސާވަނީ ޑޮމެސްޓިކް ފައިނޭންސިންއަށް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ބޭންކުތަކުގައި ހުރި ހުރިހާ ފައިސާއެއް ސަރުކާރަށް ނެގުމުން އޭގެ އަސަރުތައް ކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށް އީވާ ވިދާޅުވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ގުޅިގެން ބައްވާ ނައިޓު މާކެޓުގެ ތެރެއިން 

"ބޭންކުތަކުން އެކަން ކުރާނެ، އެއީ ބޭންކުތަކަކީ ވިޔަފާރ އުސޫލުން ހިންގާ ތަންތަން ކަމަށް ވީމާ، ރިސްކު ފްރީ ކަމެއް ވީމަ، އެމީހުން އެކަން ކުރާނެ.. އެކަމަކު އޭގެ މާނައަކީ ބޭންކުތަކުގައި ހުރި ހުރިހާ ފައިސާއެއް ސަރުކާރަށް ދިނީމާ، އެއްކަލަ އެމްޑީޕީން ވީ ވައުދު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ހޯދާދާނެކަމަށް އެބުނި ވައުދު އަޅުގަނޑުމެންނަށް ނުފުއްދެނީ. ސަރުކާރުން ހުރިހާ ފައިސާއެއް ނެގީމާ، ކުޑަ ވިޔަފާރިއަކަށް، މެދުފަންތީގެ ވިޔަފާރިއަކަށް ބޭންކުން ދޭނެ ފައިސާއެއް ނޯވޭ"

މަޖިލީހުގެ ނައިބުރއީސް އީވާ އަބްދުالله

ބޭންކުތަކުގެ ހުރިހާ ފައިސާ ސަރުކާރަށް ނެގުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުނޑި، އަދި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ގެއްލިގެންދާ ކަމެއްކަމަށް އީވާ ވިދާޅުވިއެވެ.

މަސްވެރިންނާއި ވިޔަފާރިތަކަށް ފައިސާ ނުދީ ހިފަހައްޓަން ޖެހުން!

ދައުލަތުގެ މާލީ ގާބިލުކަން ނެތް މިންވަރުން ޚަރަދުތައް ބޮޑުކޮށް، ލޯނު ދައްކަން ލޯނު ނަގާ، ޑޮމެސްޓިކް ފައިނޭންސްއަށް ބަރޯސާ ވުމުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހެނީ މަސްވެރިންކަމަށް އީވާ ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަހަށް ވަގުތުން ފައިސާ ނުދީ ހިފަހައްޓަން ޖެހެނީ ދައުލަތް ބަނގުރޫތުވިޔަ ނުދޭންވެގެން ސަރުކާރުގައި ފައިސާ ހިފަހައްޓަން ޖެހޭތީކަމަށް އީވާ ވިދާޅުވިއެވެ.

ބޭނި މަސްކޮޅަށް ފައިސާ ނުދޭތީ މަސްވެރިން އިހުތިޖާޖު ކުރަނީ 

"ހެސްކިޔާފަ ކުޑަ އަގުގައި މަސް ގަންނަނީ، އަދި ގަނެފައި އެމީހުންނަށް ވަގުތުން ފައިސާ ދެވޭކަށް ނޯވޭ. މަސްވެރިންނަށް ފައިސާ ނުދީ މި ހިފަހައްޓަން ޖެހެނީ އެއީ ޑިފޯލްޓުވިޔަ ނުދޭންވެގެން، ސަރުކާރުގައި އެ ފައިސާ ހިފަހައްޓަން ޖެހޭތީ.. މަސްވެރިންނަކަށް އެ ފައިސާއެއް ނުދޭ"

މަޖިލީހުގެ ނައިބުރއީސް އީވާ އަބްދުالله

މަސައްކަތް ކުރުވުމަށްފަހު ކުންފުނިތަކަށް ފައިސާ ނުދީ ލަސްކުރަން ޖެހެނީވެސް ނުވަތަ ދިގު ދަންމާލަން ޖެހެނީވެސް، ޑިފޯލްޓަކަށް ދިޔަ ނުދީ ސަރުކާރުގައި ފައިސާ ހިފަހައްޓަން ޖެހޭތީކަމަށް އީވާ ވިދާޅުވިއެވެ. މިހާރުވެސް ސަރުކާރު ކުންފުނިތަކުން އާންމު މީހުން ލައްވާ މަސައްކަތް ކުރުވުމަށްފަހު އެތައް ލައްކަ ރުފިޔާއެއް ނުދީ ދތިން އަހަރު ވަންދެން ހިފަހައްޓާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ވައުދުތައް ފުއްދާނެ ފައިސާ ނެތުން!

އީވާ ވިދާޅުވީ މި ސަރުކާރުން ވީ މުހިންމު ވައުދުތައް، ނުވަތަ މި ސަރުކާރުން ހިންގާނެކަމަށް އިއުލާނު ކުރި މަޝްރޫއުތައް ނުހިންގި ދިގުލައިގެން ދަނީ ހަމައެކަނި އެ މަޝްރޫއުތައް ހިންގާނެ ވިސްނުމާއި ޕްލޭނެއް ނެތުމުން ނޫން ކަމަށެވެ.

ސަރުކާރުން އިއުލާނުކުރި ބޮޑެތި މުހިންމު މަޝްރޫއުތައް ނުހިންގެނީ އެކަން ކުރާނެ ފައިސާވެސް ދައުލަތުގެ ނެތުމުންކަމަށް އީވާ ވިދާޅުވި އެވެ.

ނުނިމި ދިގުލައިގެން ގޮސްފައިވާ އައްޑޫ މަގު ހެދުމުގެ މަޝްރޫއު 

"ސަރުކާރުގެ ފައިސާ ނެތުނީމާ، މާލޭގެ ބޯހިޔާވަހިކަން، އައްޑޫގެ މަގުތައް، ކުޅުދުއްފުށީގެ އެއާޕޯޓު، ވިލިގިލި ކޫއްޑޫ ބްރިޖު، ގައްދޫ ޓާޝަރީ ހޮސްޕިޓަލް، ގެމަނަފުށީ ނަރުދަމާ، ފަސް އަހަރުވަންދެން، ޑިސްއެބިލިޓީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭންވާ އިނާޔަތް ބޮޑުކުރަނީއޭ ކިޔާފަ ފަސް އަހަރުވަންދެން އަންނަނީ އަންނަނީ ގައި ހިފަހައްޓަން މި ޖެހެނީ ހަމައެކަނި ވިސްނުމެއް ނެތީމައެއްވެސް ނޫން. ހަމައެކަނި މަސައްކަތް ނުކުރާތީއެއްވެސް ނޫން. ފައިސާވެސް ނެތީމަ"

މަޖިލީހުގެ ނައިބުރއީސް އީވާ އަބްދުالله

ލޯނު ރީސްޓްރަކްޗާ ކުރުމުގެ ބަދަލުގައި ލޯނު ދައްކަން ލޯނު ނޭގީމާ، ދައުލަތް ޑިފޯލްޓު ވިޔަ ނުދިނުމަށް ރައްޔިތުންގެ މަޝްރޫއުތަކަށް ހުރި ފައިސާކޮޅުވެސް ސަރުކާރުގައި ހިފަހައްޓަން މަޖުބޫރުވާ ކަމަށާއި، މަޝްހޫރުއަތައް ނުހިންގި ދިގުލައިގެން ދަނީވެސް އެ ސަބަބާއި ހުރެކަމަށް އީވާ ވިދާޅުވި އެވެ.

އޭގެ އިތުރުން ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ޖެހުނީވެސް ދައުލަތުގެ މާލީ ގާބިލުކަން ތަން ނުދޭތީކަމަށް އީވާ ވިދާޅުވިއެވެ. އޭގެ އިތުރުން އީވާ ވަނީ ސަރުކާރުން ފައްިސާ ޗާޕުކުރި ކުރުމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފަ އެވެ.

ބޮޑުކުރި މުސާރައަކުން ވާނެ ފައިދާއެއް ނޯންނާނެ!

ދައުލަތުގެ ޚަރަދުތައް ހަމަޖައްސަން ފައިސާ ޗާޕުކުރުމަކީ އޭގެ ޒާތުގައި އާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި އިވާ ފާހަގަކުރެއްވި އެވެ. އީވާ ވިދާޅުވީ އޭގެ ސަބަބުން އިންފްލޭޝަން އަތް ނުފޯރާ ފަށަށް އުފުލި ތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް އަރައިގެންދާނެ ކަމަށެވެ.

އެކަން ފޫބައްދަން ޓީޗަރުންނާއި ސިއްހީ ޚިދުމަތްތެރިންގެ މުސާރަތައް ބޮޑުކުރި ނަމަވެސް، އެއިން އާންމު ދިރިއުޅުމަށް ކުރާނެ ފައިދާއެއް ނޯންނާނެކަމަށް އީވާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ 

"ހެސްކިޔާފަ ތަކެތީގެ އަގުތައް މައްޗަށް ގެންގޮސްފައި، ހެސް ކިޔާފައި މުދަލުގެ އަގުތައް މައްޗަށް ގެންގޮސްފައި ފައިސާ ޗާޕުކޮށްފައި މުސާރަ ބޮޑުކުރީމޭ ބުނީމާ ޕާޗެސިން ޕަވާ ހަގީގަތުގައި ކުޑަވަނީ. އެ މުސާރައިން އެ ގަންނަން ލިބޭ ޚިދުމަތާއި އަގު ހަގީގަތުގައި ބޮޑެއް ނުވޭ. އޭތި އެއްވަރުގައި ހުރީ، ނޫނީ ކުޑަވަނީ. އެހެންވީމަ މުސާރަވެސް ބޮޑުވީކީ ނޫން"

މަޖިލީހުގެ ނައިބުރއީސް އީވާ އަބްދުالله

އެކަން ކަން ފާހަގަކޮށް އީވާ ވިދާޅުވީ ލޯނު މައްޗަށް ލޯނު ނެގުމަކީ ދަރަނިމައްޗަށް ދަރަނި އިތުރުކުން ކަމަށެވެ. ކޮންމެ ސަރުކާރަކުން ނަގާ ދަރަނިވެސް އެޅިގެންދަނީ މުޅި ރައްޔިތުންގެ ބޮލުގައިކަމަށާއި، އެ ދަރަނި ދެއްކުމަކީ ރައްޔިތުންނަށް ކަތުލީފަކަށް ވާގޮތަށް ކަންކަން ބައްޓަން ކޮށްގެން ނުވާނެކަމަށް އީވާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިސްނަވަން ޖެހިވަޑައިގަންނަވާނީ ހަމައެކަނި ދެވަނަ ދައުރެއް ހޯދުމަށް އެކަނި ނޫންކަމަށާއި، ޖީލުތަކުގެ މުސްތަގުބަލާއި ދޭތެރޭގައި ވިސްނާވަޑައިގަތުމަކީ ވެރިކަން ކުރައްވާ ބޭފުޅެއްގެ އޮންނަން ޖެހޭނެ ތަސައްވަރެއްކަމަށް އީވާ ވިދާޅުވިއެވެ.

އެކަންކަން ފާހަގަކުރައްވާ އީވާ ވަނީ މީގެ ކުރިންވެސް މަޖިލީހުން ކލަފާއެރުވި ގޮތަށް ލޯނު ރީސްޓްރަކްޗާ ކޮށްގެން ދަރަނި ދެއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ. އަދި އެގޮތަށް އެކަން ކުރުމަށް ސަރުކާރަށް އޮތް ފުރުސަތު އަދިވެސް ނުގެއްލޭކަމަށް އީވާ ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.