އިބްރާހީމް ޝަރީފް
އިބްރާހީމް ޝަރީފް
ހަބަރު 22 Aug 2023 | 07:48

ޝަރީފުގެ ނަން އިއްވުމުންވެސް މަޖިލީހުން ނުކުންނަވަން ދެކޮޅު ހައްދަވައިފި!

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްގެ ނަން އިއްވުމުން އޭނާ ޖަލްސާ ދޫކޮށް ވަޑައިގަންނަވަން ދެކޮޅު ހައްދަވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔައީ ކޮމިޓީތައް އެކުލަވާލުމުގެ ބަހުސެވެ.

އެއަށް ބަހުސް ކުރައްވަމުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ވަނީ މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ކޮމިޓީތައް އެކުލަވާލުމާއި، ކޮމިޓީން މެންބަރުން ވަކިވުމުން ކަންކަން ކުރަންވީގޮތް ބަޔާންކޮށްދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން އެއާއި އެއްގޮތަށް މަސައްކަތް ކުރުމަށްވެސް އޭނާ ވަނީ މަޖިލީހުގެ އިދާރާގެ ކިބައިން އެދިލައްވާފައެވެ.

އިކްރާމްގެ ވާހަކައަށް ރައްދު ދެއްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނަވައި، ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ، މަޖިލީހުގެ ކޮމިޓީތައް އެހެން ބައެއް ސަބަބުތަކާއި ހުރެވެސް ކުރިއަށް ނުދާކަން ފާހަގަކުރައްވާފައެވެ.

ކޮމިޓީތަކުގައި މުގައްރިރު ޖަލްސާ ކުރިއަށް ގެންދިޔުމަށް އުޒުރުވެރިވެއްޖެއްޔާ އެކަންތަކެއް ނުކުރެވޭ. އެހެންވީމާ މުގައްރިރުންގެ ސަބަބުންވެސް ކޮމިޓީތައް ކުރިއަށް ނުގެންގޮސް އެބައޮތް. އެހެންވީމާ އިއްޒަތްތެރު މެންބަރުން ވާހަކަދައްކަވާއިރު، މިހުރިހާ ޕޮއިންޓް ތަކަކަށްވެސް ވިސްނަވައިގެން ވާހަކަދައްކަވަން ވާނީ.

ހަސަން އަފީފު

އަފީފުގެ ވާހަކަފުޅަށްފަހު މެންބަރު ޝަރީފަށް ފުރުސަތު ދެއްވުމާއެކު އޭނާ ވަނީ ރިޔާސަތަށް ރައްދު ދީ ވާހަކަ ދައްކަވަން ފަށްޓަވާފައެވެ.

"މި ގަވާއިދަކު ހަމަ ގައިމު ވެސް ނޯންނާނެ، ތިޔަ މޭޒުކޮޅު، ތިޔަ ގޮނޑިކޮޅުގައި އިންނަވައިގެން، މަޖިލިސް މެމްބަރުން މިތާ ދައްކާ ވާހަކައަށް ރައްދު ދިނުމާއި އެއަށް ފުރައްސާރަކުރުމާ އޭތި އެނބުރުމާ، މިކަންތައްތަކެއް ނޯންނާނެ އިނގޭތޯ ގަވާއިދަކު. ހަމަޔަގީނުންނެތް. އަޅުގަނޑަށް ހޯދާ ހޯދާ ނުފެނުނު."

އިބްރާހީމް ޝަރީފު

އެއަށް ރައްދު ދެއްވަމުން އަފީފް ވިދާޅުވީ ގަވާއިދުގައި ކަންކަން ސާފުކޮށްދިނުން އޮންނަ ކަމަށެވެ.

އެއާއެކު ޝަރީފްވަނީ ޒުވާބު ކުރާ މޭރުމަކުން ވާހަކަދައްކަވައި މެންބަރުންނާއި ޖަދަލު ނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގޮސްފައެވެ.

"އިއްޒަތްތެރި މެމްބަރަކަށް ޒުވާބެއް ނުކުރެވޭނެ މިތަނަކާ [ރިޔާސަތަކާ]،" އަފީފު ވިދާޅުވި އެވެ.

އެއަށްފަހުވެސް ޝަރީފުވަނީ މަޖިލީހުގައި އަޑު ގަދަ ކުރައްވައި، ޒުވާބު ކުރައްވާފައެވެ.

އެހެންކަމުން ޖަލްސާ ކުރިއަށް ނުގެންދެވޭ ހިސާބަށް ކަންކަން ދިއުމުން ޝަރީފްގެ ނަން އިއްވައި ޖަލްސާ ދޫކޮށް ދިއުމަށް ރިޔާސަތުން ވަނީ އަންގަވާފައެވެ. ނަމަވެސް ޝަރީފް އެ އެންގުމަށް ތަބާނުވެ މަޖިލީހުގެ ތަޅުމުގައި އަޑު ގަދަ ކުރައްވަމުން ގެންދެވިއެވެ.

އިއްޔެގެ ޖަލްސާގައިވެސް ޝަރީފާއި އެމްޑީޕީ އިތުރު މެންބަރުންގެ ނަން އިއްވާފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި
15 Oct 2026 ހަބަރު

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި

ވޯޓް ނެގުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި
15 Oct 2026 ހަބަރު

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް
15 Oct 2026 ހަބަރު

ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް

އަޒުވަރު މި މަގާމަށް އައްޔަންކޮށްފައިވަނީ، އިއްޔެ ފެނަކައިގެ އެމްޑީގެ މަގާމުން ވަކިކުރި މުހައްމަދު އަފީފް ހުސައިން ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކުރުމަށްފަހުގައެވެ.

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް
15 Oct 2026 ހަބަރު

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް

ފެނަކައިގެ އެމްޑީގެ މަގާމުން އޭނާ ވަކިކޮށްފައިވަނީ އެ ކުންފުނި އުވައިލުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެންނެވެ.