އާސަންދައިގެ އެމްޑީ އަކަށް އައްޒާމް ހަމަޖައްސައިފި
އާސަންދައިގެ މެނޭޖިން ޑިރެކްޓަރ (އެމްޑީ) ގެ މަގާމަށް އިސްމާއީލް އައްޒާމް ވަޖީހު ހަމަޖައްސައިފިއެވެ.
އައްޒާމު މި މަގާމަށް ހަމަޖައްސައިފައިވަނީ މީގެ ކުރިން އެ މަގާމުގައި ހުންނެވި މަރިޔަމް ޝަފީގު އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އާސަންދަ ކުންފުނީގެ އެމްޑީގެ މަގާމާއި އައްޒާމު ހަވާލުވެލެއްވި އިރު އެބޭފުޅާ ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯގެ މަގާމު 2017 ވަނަ އަހަރުން ފެށިގެން އަދާކުރައްވާފައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގާއިމު ކުރެވުނު އާސަންދަ ކުންފުންޏަކީ ދިވެހިރާއްޖޭގެ ސިއްހީ ނިޒާމުގެ ކަންކަން ހިންގާ ބެލެހެއްޓުމަށް އުފެއްދެވި ކުންފުންޏެކެެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް