ފަހި ފްލެޓް
ފަހި ފްލެޓް
ހަބަރު 22 Oct 2026 | 08:34

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ އަމާން ދޯދި އަދި އަމާން އުދަރެސް ޓަވަރުތަކުގެ ރައްޔިތުންގެ ފަރާތުން މިހާތަނަށް ޖުމްލަ 6،917 މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެފްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، 13 އޮކްޓޫބަރު 2026 ގެ ނިޔަލަށް އެފްޑީސީގެ ޕޯޓަލް، އީމެއިލް، އަދި ރިސެޕްޝަނަށް ޖުމްލަ 6،917 މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން، 6،128 މައްސަލަ އެ ކުންފުނިން ހައްލުކޮށްފައިވާއިރު، މިހާރު ޖުމްލަ 789 މައްސަލަ އެ ކުންފުނިން ދަނީ ބަލަމުންނެވެ.

އެގޮތުން، އެފްޑީސީއަށް މިހާތަނަށް ހުށަހަޅާފައިވާ މައިގަނޑު މައްސަލަތަކަކީ ޔުނިޓުތަކާއި ގުޅޭ މައްސަލަތަކާއި، ޕޯޓަލް އަދި އިދާރީ ކަންކަމާއި ގުޅޭ މައްސަލަތަކާއި، އެހެނިހެން އާންމު ޝަކުވާތަކާއި ގުޅޭ މައްސަލަތަކެވެ.

ހަމައެއާކު، ޔުނިޓުތަކާއި ގުޅޭ ގޮތުން އެ ތަންތަނުން ފެން ލީކުވުމާއި، އެޕާޓްމަންޓްތަކުގެ މެއިންޓެނަންސް އާއި ގުޅޭ ކަންތައްތައް ހިމެނެއެވެ. އަދި ޕޯޓަލް އާއި އިދާރީ މައްސަލަތަކާއި ގުޅޭ ގޮތުން، ފައިސާ ދެއްކުމާއި މައުލޫމާތު އައު ކުރުމާއި ޔުނިޓުތަކަށް ގެންނަން އެދޭ ބަދަލުތަކާއި ގުޅޭ ކަންތައް ހިމެނެއެވެ. މީގެ އިތުރުން، އާންމު ޝަކުވާގެ ގޮތުގައި، އަޑުގަދަވުމުގެ އުނދަގުލާއި، އާންމު ސަރަހައްދުތަކުގެ ލިފްޓް މެއިންޓެނަންސް އާއި ގުޅޭގޮތުން އެ ކުންފުންޔަށް އެކި ފަރާތްތަކުން މައްސަލަތައް ހުށަހަޅާފައިވެއެވެ.

އެފްޑީސީން ވަނީީ، ދާދިފަހުން ޖުމްލަ 3،926 ފްލެޓުތަކުގެ ތެރެއިން 564 ފްލެޓުން މަހުން މަހަށް ގަވާއިދުން ކުލި ނުދައްކާ މައްސަލަ ވެސް ފާހަގަކޮށްފައެވެ.

އެގޮތުން، އެ ކުންފުނިން ވަނީ، ކުލި ނުދައްކާ ފަރާތްތަކުގެ ތެރެއިން 2 ފްލެޓެއް ހުސްކުރުމަށް އަންގައި އެ ފަރާތްތަކަށް ނޯޓިސް ފޮނުވައި، އެކަން އިއުލާންކޮށްފައެވެ. އަދި އެ އިއުލާން ކުރުމުން، ކުލި ނުދައްކާ ތިބި ގިނަ ފަރާތްތަކުން ފްލެޓްތަކަށް ކުލި ދެއްކުމަށްޓަކައި ގުޅާފައިވާކަން އޭގެފަހުން އެފްޑީސީން ހާމަކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މަސްތުވާތަކެއްޗާއެކު ފިލްމުކުޅޭ ބަޔަކު ހައްޔަރުކުރި މައްސަލަ: ތިން މީހުން ދޫކޮށްލައިފި
22 Oct 2026 ހަބަރު

މަސްތުވާތަކެއްޗާއެކު ފިލްމުކުޅޭ ބަޔަކު ހައްޔަރުކުރި މައްސަލަ: ތިން މީހުން ދޫކޮށްލައިފި

ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ބަޔަކު ހައްޔަރުކުރި މައްސަލާގައި ހިމެނޭ ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

އޮނަރަރީ ޑޮކްޓަރޭޓަކީ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތް ބަލައިގަންނަ ކަމުގެ ހެއްކެއް: ޕީއެންސީ
22 Oct 2026 ހަބަރު

އޮނަރަރީ ޑޮކްޓަރޭޓަކީ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތް ބަލައިގަންނަ ކަމުގެ ހެއްކެއް: ޕީއެންސީ

ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތު ރަނގަޅުކުރެއްވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅު ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަމުންދާ ކަމުގެ ހެއްކެއް ކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް )ޕީއެންސީ( އިން ބުނެފިއެވެ.

ޕީއެޗްޕީ ވެބް ޓެކްނޮލޮޖީއަށް ދިމާވި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފި
22 Oct 2026 ހަބަރު

ޕީއެޗްޕީ ވެބް ޓެކްނޮލޮޖީއަށް ދިމާވި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފި

ވެބް ޓެކްނޮލޮޖީތަކުގައި ބޭނުންކުރާ ޕީއެޗްޕީ ނިޒާމަށް ދިމާވި ނުރައްކާތެރި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން، ރާއްޖޭގެ ރަސްމީ ޑިޖިޓަލް ޚިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

މެޑަމް ސާޖިދާ، ޕާކިސްތާނުގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި؛ އަންހެނުން ބާރުވެރިކުރުވުމަށް މަޝްވަރާކުރެއްވި
22 Oct 2026 ހަބަރު

މެޑަމް ސާޖިދާ، ޕާކިސްތާނުގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި؛ އަންހެނުން ބާރުވެރިކުރުވުމަށް މަޝްވަރާކުރެއްވި

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއާ ބައްދަލުކުރައްވައިފިއެވެ.

ގްރޭޓާ މާލެ ސަރަޙައްދުގައި ފެންބޮޑުވި ސަރަޙައްދުތަކުން 367 ޓަނަށް ވުރެ ގިނަ ފެން، އެމްޓީސީސީން ހިންދައިފި
22 Oct 2026 ހަބަރު

ގްރޭޓާ މާލެ ސަރަޙައްދުގައި ފެންބޮޑުވި ސަރަޙައްދުތަކުން 367 ޓަނަށް ވުރެ ގިނަ ފެން، އެމްޓީސީސީން ހިންދައިފި

މިދިޔަ ދެ ދުވަހު ވެހުނު ބޯވިއްސާރައިގައި ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި، އެކި ސަރަޙައްދުތަކުން 367.82 ޓަނުގެ ފެން ހިންދާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ )އެމްޓީސީސީ( އިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޕާކިސްތާނުގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންފި
21 Oct 2026 ހަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޕާކިސްތާނުގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންފި

މި ޖާފަތް އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު ކަމަށްވާ، އައިވާން-އީ-ސަދްރުގައެވެ.

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ
19 Oct 2026 ހަބަރު

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ

އެޗްޑީސީން ބުނި ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަންނީ ލަފައާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި މަސައްކަތް ފަށާފައިވާއިރު، ބަންޕަރުތައް އަޅަމުންދަނީ ފުލުހުންގެ ދިރާސާތަކުން އެކްސިޑެންޓު ގިނައިން ހިނގާކަމަށް ފާހަގަކުރެވިފައިވާ ސަރަޙައްދުތަކުގައެވެ.

ދެ ފްލެޓެއް ހުސްކުރަން އެންގުމާ އެކު، ކުލި ދައްކަން އެތައް ބަޔަކު ގުޅަން ފަށައިފި
18 Oct 2026 ހަބަރު

ދެ ފްލެޓެއް ހުސްކުރަން އެންގުމާ އެކު، ކުލި ދައްކަން އެތައް ބަޔަކު ގުޅަން ފަށައިފި

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ސޯޝަލް ހައުސިންގ ފްލެޓުތަކުގެ ތެރެއިން ގަވާއިދުން ކުލި ނުދައްކާ ހުރި ދެ އެޕާޓްމަންޓެއްގެ އެއްބަސްވުން ބާތިލުކޮށް ހުސްކުރަން އެންގުމާ އެކު، ކުލި ދެއްކުމަށް އެދި އެތައް ބަޔަކު ގުޅަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން )އެފްޑީސީ( އިން ހާމަކޮށްފިއެވެ.