ޑްރަގު މައްސަލާގައި ހައްޔަރުކުރި މީހުން-
ޑްރަގު މައްސަލާގައި ހައްޔަރުކުރި މީހުން-
ހަބަރު 22 Oct 2026 | 09:12

މަސްތުވާތަކެއްޗާއެކު ފިލްމުކުޅޭ ބަޔަކު ހައްޔަރުކުރި މައްސަލަ: ތިން މީހުން ދޫކޮށްލައިފި

ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ބަޔަކު ހައްޔަރުކުރި މައްސަލާގައި ހިމެނޭ ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

މި ހިނގާ މަހުގެ 8 ވަނަ ދުވަހު ވިލިމާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އަހްމަދު އަޒްމީލް (އަޒޭ) އާއި، އިސްމާއީލް ޖުމައިހް (ޖުމާ) އާއި، މުހައްމަދު ވިޝާލް (ރޯމަން) ގެ އިތުރުން ޝާހިލް މުހައްމަދު ކިޔާ މީހެކެވެ. މި އެންމެންގެ މައްޗަށްވެސް ކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުމާއި، އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ.

ފުލުހުން މިއަދު ބުނީ އެ މީހުންގެ މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު މިހާރު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި ތަހުގީގު ފުރިހަމަވެފައިވާތީ، އޭގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި ތިން މީހުން މިހާރު ވަނީ ބަންދުން ދޫކޮށްލާފައި ކަމަށެވެ.

ބަންދުގައި މިވަގުތު ހުރި މީހާވެސް މިއަދުގެ ވަގުތެއްގައި ދޫކޮށްލާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން އިތުރަށް ބުނީ، ކޯޓު މަރުހަލާގެ ތެރެއިން ކުރިއަށްދާއިރު އިތުރަށް އެމީހުން ހައްޔަރުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފިނަމަ، އެގޮތުގެ މަތިން އަމަލުކުރަމުން ގެންދާނެ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ކުރިން ވަނީ އެ ހަތަރު މީހުންގެ ބަންދަށްވެސް 15 ދުވަސް ދީފައެވެ. ބަންދު މަޖިލީހުގައި ފުލުހުން ވަނީ އެ މީހުންނަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައެވެ. އެގޮތުން، އެ މީހުން ތިބި ކޮޓަރީގެ މޭޒުމަތީގައި މަސްތުވާތަކެތި ހާމައަށް ފެންނަން ހުރިކަން ސީންއަށް ދިޔަ ފުލުހުންގެ ބަޔާނުން އެނގޭ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ހައްޔަރުކުރި މީހުންގެ ތެރެއިން ޖުމާ އަދި ރޯމަން ވަނީ މަސްތުވާތަކެތީގެ ތިން ބާވަތެއް ކަމަށްވާ އެމްއޭޕީ، ސީއޭޓީ އަދި ޓީއެޗްސީ އަށް ޕޮޒިޓިވްވެފައިވާކަން އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވަނީ ފާހަގަކޮށްފައެވެ.

އަދި މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ޖުމާ ފިޔަވައި ދެން ތިބި އެންމެންނަކީވެސް މީގެ ކުރިން ކުށުގެ އެކި ރެކޯޑުތަކުގައި ހައްޔަރުކޮށްފައިވާ މީހުންކަން ކޯޓުގެ ބަންދު އަމުރުން އެނގެން އޮވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ
22 Oct 2026 ހަބަރު

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ

އެފްޑީސީން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން މިއަދު ސޯޝަލް މީޑިއާގައި ނެރުނު ތަފާސްހިސާބުތަކުންނެވެ.

އޮނަރަރީ ޑޮކްޓަރޭޓަކީ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތް ބަލައިގަންނަ ކަމުގެ ހެއްކެއް: ޕީއެންސީ
22 Oct 2026 ހަބަރު

އޮނަރަރީ ޑޮކްޓަރޭޓަކީ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތް ބަލައިގަންނަ ކަމުގެ ހެއްކެއް: ޕީއެންސީ

ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތު ރަނގަޅުކުރެއްވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅު ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަމުންދާ ކަމުގެ ހެއްކެއް ކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް )ޕީއެންސީ( އިން ބުނެފިއެވެ.

ޕީއެޗްޕީ ވެބް ޓެކްނޮލޮޖީއަށް ދިމާވި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފި
22 Oct 2026 ހަބަރު

ޕީއެޗްޕީ ވެބް ޓެކްނޮލޮޖީއަށް ދިމާވި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފި

ވެބް ޓެކްނޮލޮޖީތަކުގައި ބޭނުންކުރާ ޕީއެޗްޕީ ނިޒާމަށް ދިމާވި ނުރައްކާތެރި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން، ރާއްޖޭގެ ރަސްމީ ޑިޖިޓަލް ޚިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

މެޑަމް ސާޖިދާ، ޕާކިސްތާނުގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި؛ އަންހެނުން ބާރުވެރިކުރުވުމަށް މަޝްވަރާކުރެއްވި
22 Oct 2026 ހަބަރު

މެޑަމް ސާޖިދާ، ޕާކިސްތާނުގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި؛ އަންހެނުން ބާރުވެރިކުރުވުމަށް މަޝްވަރާކުރެއްވި

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއާ ބައްދަލުކުރައްވައިފިއެވެ.

ގްރޭޓާ މާލެ ސަރަޙައްދުގައި ފެންބޮޑުވި ސަރަޙައްދުތަކުން 367 ޓަނަށް ވުރެ ގިނަ ފެން، އެމްޓީސީސީން ހިންދައިފި
22 Oct 2026 ހަބަރު

ގްރޭޓާ މާލެ ސަރަޙައްދުގައި ފެންބޮޑުވި ސަރަޙައްދުތަކުން 367 ޓަނަށް ވުރެ ގިނަ ފެން، އެމްޓީސީސީން ހިންދައިފި

މިދިޔަ ދެ ދުވަހު ވެހުނު ބޯވިއްސާރައިގައި ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި، އެކި ސަރަޙައްދުތަކުން 367.82 ޓަނުގެ ފެން ހިންދާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ )އެމްޓީސީސީ( އިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޕާކިސްތާނުގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންފި
21 Oct 2026 ހަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޕާކިސްތާނުގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންފި

މި ޖާފަތް އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު ކަމަށްވާ، އައިވާން-އީ-ސަދްރުގައެވެ.

ޑިންގީއެއްގައި ނައިފަރަށް މަސްތުވާތަކެތި ގެންދަން އުޅެނިކޮށް ކަނޑުމަތިން ހައްޔަރުކޮށްފި
20 Oct 2026 ހަބަރު

ޑިންގީއެއްގައި ނައިފަރަށް މަސްތުވާތަކެތި ގެންދަން އުޅެނިކޮށް ކަނޑުމަތިން ހައްޔަރުކޮށްފި

ކ. އޮޅަހަލި ކައިރިން ޑިންގީއެއްގައި 226 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނި، ނައިފަރުގެ 36 އަހަރުގެ މީހަކު ހައްޔަރުކޮށް، 13 ދުވަހަށް ބަންދުކޮށްފިއެވެ.

ގދ. ތިނަދޫގައި ބަނގުރާ އުފައްދައި، އޭގެ ވިޔަފާރިކުރާ ނެޓުވޯކެއްގައި އިސްކޮށް އުޅޭކަމަށް ތުހުމަތުވާ ޒުވާނަކު ހައްޔަރުކޮށްފި
20 Oct 2026 ހަބަރު

ގދ. ތިނަދޫގައި ބަނގުރާ އުފައްދައި، އޭގެ ވިޔަފާރިކުރާ ނެޓުވޯކެއްގައި އިސްކޮށް އުޅޭކަމަށް ތުހުމަތުވާ ޒުވާނަކު ހައްޔަރުކޮށްފި

ތިނަދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި، އޭނާއާ ގުޅުންހުރިކަމަށް ބެެލެވޭ، ތިނަދޫ ފުލެޓެއް ބަލައިފާސްކުރިއިރު ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 20 ލީޓަރުގެ ތިންހަމާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.