ފޮޓޯ:އޭއައިއޭ
ފޮޓޯ:އޭއައިއޭ
ހަބަރު 22 Oct 2026 | 13:21

އައްޑޫ އެއާޕޯޓުގެ އާމްދަނީ 61 މިލިއަނަށް އަރައި، ގެއްލުން 10 މިލިއަން ކުޑަކޮށްފި

މިދިޔަ އަހަރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ) ގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބި، އެ ކުންފުންޏަށް ލިބެމުންދިޔަ ގެއްލުމުގެ މިންވަރުން 10 މިލިއަން ރުފިޔާ ކުޑަކުރެވިފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އެންމެ ފަހުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓް ރިޕޯޓުގެ ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ ބައިނަލްއަގުވާމީ މި ވައިގެ ބަނދަރަށް 2024 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 33 މިލިއަން ރުފިޔާ އެވެ. ނަމަވެސް، ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެ ކުންފުނީގެ މާލީ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ، އާމްދަނީ ވަނީ 94.4 މިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ ގާތްގަނޑަކަށް 61 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ކުންފުނީގެ އާމްދަނީ ބޮޑުތަނުން އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ އިތުރުވުމެވެ. އެގޮތުން 2024 ވަނަ އަހަރު ޖެޓް ފިއުލް ވިއްކައިގެން ލިބުނީ 13.6 މިލިއަން ރުފިޔާ ކަމުގައި ވިޔަސް، މިދިޔަ އަހަރު އެ އަދަދު ވަނީ 72.9 މިލިއަން ރުފިޔާއަށް އަރާފައެވެ. މީގެއިތުރުން، އެއާޕޯޓުން ދޭ އެހެނިހެން ޚިދުމަތްތަކުގެ ތެރެއިން ގްރައުންޑް ހޭންޑްލިން ޗާޖުގެ ގޮތުގައި 9.64 މިލިއަން ރުފިޔާ އަދި ލޭންޑިން ފީގެ ގޮތުގައި 3.86 މިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ.

އާމްދަނީ އިތުރުވި ނަމަވެސް، ތެލުގެ ވިޔަފާރި ފުޅާވުމާ ގުޅިގެން ކުންފުނީގެ ހިންގުމުގެ ޚަރަދުތަކަށް ވެސް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. އެގޮތުން ޖުމުލަ ހިންގުމުގެ ޚަރަދު 55 މިލިއަން ރުފިޔާއިން 112 މިލިއަން ރުފިޔާއަށް އުފުލިފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ ޖެޓް ފިއުލް ގަތުމަށެވެ. އެއީ ޖުމުލަ 66.6 މިލިއަން ރުފިޔާ އެވެ.

ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އެ ކުންފުނީގެ އިދާރީ ހިންގުމަށާއި މުވައްޒަފުންނަށް ކުރި ހޭދަ މިދިޔަ އަހަރު ވަނީ ދަށްކޮށްފަ އެވެ. އެގޮތުން 2024 ވަނަ އަހަރު މުވައްޒަފުންގެ ޚަރަދުގެ ގޮތުގައި 47.7 މިލިއަން ރުފިޔާ ހޭދަވި ނަމަވެސް، މިދިޔަ އަހަރު އެ އަދަދު ވަނީ 46.2 މިލިއަން ރުފިޔާއަށް ކުޑަކުރެވިފަ އެވެ. މީގެ ތެރޭގައި މުސާރައާއި އުޖޫރައަށް ހޭދަކުރި 22.2 މިލިއަން ރުފިޔާއާއި، އިނާޔަތްތަކުގެ ގޮތުގައި ދިން 22 މިލިއަން ރުފިޔާ ހިމެނެ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުންފުންޏަށް ލިބެމުންދިޔަ ގެއްލުން ކުޑަކުރުމުގައި ވަނީ ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން 2024 ވަނަ އަހަރު ލިބުނު 78.7 މިލިއަން ރުފިޔާގެ ގެއްލުން، މިދިޔަ އަހަރު ވަނީ 68.7 މިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ. މިއީ ކުރީ އަހަރާ އަޅައިބަލާއިރު ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ ރަނގަޅުވުމެކެވެ.

ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ފާއިތުވި އެތައް އަހަރެއްގައި މާލީ ބޮޑެތި ގޮންޖެހުންތަކާއި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކުންފުންޏަކަށް ވީނަމަވެސް، މިދިޔަ އަހަރުގެ ހިސާބުތަކުން ދައްކަނީ ކުންފުނީގެ މާލީ ދުޅަހެޔޮކަން އިތުރުވެ، ދެމެހެއްޓެނިވި ކުރިއެރުމަކާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މެންބަރުންގެ ހެލްތު އިންޝުއަރެންސް އާންމުންނަށް ދޭން ގޮވައިލާ ޕެޓިޝަނެއް މަޖިލީހަށް
22 Oct 2026 ހަބަރު

މެންބަރުންގެ ހެލްތު އިންޝުއަރެންސް އާންމުންނަށް ދޭން ގޮވައިލާ ޕެޓިޝަނެއް މަޖިލީހަށް

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ ފަދަ ޚާއްޞަ ހެލްތު އިންޝުއަރެންސް ޕެކޭޖެއް ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް ހަމަޖައްސައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. މި ޕެކޭޖަކީ އާސިއާން، ޔޫރަޕް އަދި މެދުއިރުމަތީގެ ގާތްގަނޑަކަށް 19 ގައުމަކުން ޚިދުމަތް ލިބޭ ގޮތަށް އެކުލަވައިލެވިފައިވާ ޕެކޭޖެކެވެ.

މައްސަލަތައް ދިގުލައިގެން ނުދާނެހެން މަސައްކަތްތައް ބައްޓަންކުރަންޖެހޭ: އުއްތަމަފަނޑިޔާރު
22 Oct 2026 ހަބަރު

މައްސަލަތައް ދިގުލައިގެން ނުދާނެހެން މަސައްކަތްތައް ބައްޓަންކުރަންޖެހޭ: އުއްތަމަފަނޑިޔާރު

ދިވެހިރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ކޮންމެ ހާލަތެއްގައި ވެސް ދިގުދެމިގެން ނުދާނެ ގޮތަކަށް ޝަރީޢަތުގެ މަސައްކަތްތައް ބައްޓަންކުރުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދު ޔެލޯ އެލާޓް ނެރެފި
22 Oct 2026 ހަބަރު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދު ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޯލްޑިވިއަންއިން ޕާކިސްތާނަށް ސީދާ ދަތުރުތައް ފަށަނީ، ކަނޑުމަގުން ސީދާ ދަތުރުތައް ވެސް ފަށަނީ
22 Oct 2026 ހަބަރު

މޯލްޑިވިއަންއިން ޕާކިސްތާނަށް ސީދާ ދަތުރުތައް ފަށަނީ، ކަނޑުމަގުން ސީދާ ދަތުރުތައް ވެސް ފަށަނީ

ދެ ގައުމުން ގުޅިގެން އިގްތިސާދީ ނަފާ ހޯދޭނެ ކަމުގައި ވިދާޅުވި އެވެ.

ކަނޑާއި ވައިގެ މަގުން ޕާކިސްތާނާ ދިވެހިރާއްޖެ ގުޅުވާލަންޖެހޭ: ޝެހްބާޒް
22 Oct 2026 ހަބަރު

ކަނޑާއި ވައިގެ މަގުން ޕާކިސްތާނާ ދިވެހިރާއްޖެ ގުޅުވާލަންޖެހޭ: ޝެހްބާޒް

އިއްޔެ ދެއްވި ގުޅިފައިވާ ބަޔާނުގައި ވަނީ ކުރިއަށްއޮތް ދެ އަހަރުދުވަހުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ މުޢާމަލާތްތައް 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާކަން ހާމަކުރައްވާފައެވެ. ބިޒްނަސް ފޯރަމްގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، ދެޤައުމުގެ މެދުގައި ކުރުމަށް ކަނޑައަޅާފައިވާ އިޤްތިޞާދީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ކުރިން މުހިންމު ކަންތައްތަކެއް ފުރިހަމަކުރަން ޖެހޭ ކަމަށާއި، ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ވާސިލްވެވޭނީ ދަތުރުފަތުރުގެ ވަރުގަދަ ނިޒާމަކުން ގުޅިގެން ކަމަށެވެ.

އިމާރާތްތަކުގައި ހުޅުޖަހާ ފިހާރަތައް ލޫޓްވާން ގޮވާލި މައްސަލާގައި ޑެތް ހައްޔަރުކޮށްފި
22 Oct 2026 ހަބަރު

އިމާރާތްތަކުގައި ހުޅުޖަހާ ފިހާރަތައް ލޫޓްވާން ގޮވާލި މައްސަލާގައި ޑެތް ހައްޔަރުކޮށްފި

އޭނާ މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއް ހޯދައިގެންނެވެ.

ޤަވާއިދާ އެއްގޮތަށް އަގު ޖަހާފައި ނުވާތީ، 17 ފިހާރައަކަށް އިޞްލާޙީ ނޯޓިސް
22 Oct 2026 ހަބަރު

ޤަވާއިދާ އެއްގޮތަށް އަގު ޖަހާފައި ނުވާތީ، 17 ފިހާރައަކަށް އިޞްލާޙީ ނޯޓިސް

މާލެ ސަރަޙައްދުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު ޖަހާފައި ހުރިތޯ ބެލުމަށް މިދިޔަ ހަފުތާގެ ތެރޭގައި ކުރިއަށްގެންދިޔަ ޚާއްޞަ އިންސްޕެކްޝަނެއްގައި، އަގު ނުޖަހައި ހުރި 17 ފިހާރައަކަށް އިޞްލާޙުވުމަށް އަންގައި ނޯޓިސް ދީފިއެވެ.

މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ކާބޯތަކެތީގެ އިންފްލޭޝަން ދަށަށް
22 Oct 2026 ހަބަރު

މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ކާބޯތަކެތީގެ އިންފްލޭޝަން ދަށަށް

މާލެއާއި އަތޮޅުތަކުގައި ކާބޯތަކެއްޗާއި ޚިދުމަތްތަކުގެ އަގުތައް މިދިޔަ އޮގަސްޓް މަހު ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.