މޯލްޑިވިއަންއިން ޕާކިސްތާނަށް ސީދާ ދަތުރުތައް ފަށަނީ، ކަނޑުމަގުން ސީދާ ދަތުރުތައް ވެސް ފަށަނީ
ދިވެހި ގައުމީ އެއާލައިން -- މޯލްޑިވިއަން އިން ޕާކިސްތާނުގެ ކަރާޗީ އާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފި އެވެ.
އެމަނިކުފާނު އެކަން އިއުލާނުކެރެއްވީ ޕާކިސްތާނުގައި މިއަދު ބޭއްވި ބިޒްނަސް ފޯރަމު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖެއާ ޕާކިސްތާނުގެ އޮތީ ވަރަށް ބަދަހި ގާތް ގުޅުމެއް ކަމަށެވެ. އަދި ދެ ގައުމުން ގުޅިގެން އިގްތިސާދީ ނަފާ ހޯދޭނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމީ އެއާލައިންގެ ސީދާ ދަތުރުތައް ވަރަށް އަވަހަށް ޕާކިސްތާނަށް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ފުރުސަތު އެހެން އެއާލައިންތަކަށްވެސް އޮތް ކަމުގައި ވިދާޅުވި އެވެ. ރައީސް ވަނީ އެ ފުރުސަތުގެ ބޭނުން ހިއްޕެވުމަށް އެއާލައިންތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން ރާއްޖެއާ ޕާކިސްތާނުން އެ ނޫން ދާއިރާތަކުން ވެސް ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. ހާއްސަކޮށް ކާބޯތަކެތީގެ ދާއިރާ ފާހަގަ ކުރެއްވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް