ރައީސް މުޢިއްޒަށް އޮނަރަރީ ޑިގްރީ އެރުވުން-
ރައީސް މުޢިއްޒަށް އޮނަރަރީ ޑިގްރީ އެރުވުން-
ހަބަރު 22 Oct 2026 | 07:38

އޮނަރަރީ ޑޮކްޓަރޭޓަކީ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތް ބަލައިގަންނަ ކަމުގެ ހެއްކެއް: ޕީއެންސީ

ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތު ރަނގަޅުކުރެއްވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅު ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަމުންދާ ކަމުގެ ހެއްކެއް ކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.

ޕީއެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށާއި ދިވެހި ދައުލަތަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮށްދެއްވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، ޕާޓީގެ އެންމެހައި މެންބަރުންނާއި ލީޑަރޝިޕްގެ ނަމުގައި އެމަނިކުފާނަށާއި ސަރުކާރަށް ހޫނު މަރުޙަބާއެއް ދަންނަވާ ކަމަށެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ޝަރަފަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ އެމަނިކުފާނު ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތު ރަނގަޅުކުރެއްވުމަށާއި، ސަރުކާރުގެ ހިންގުން ހަރުދަނާކުރައްވައި، ދައުލަތުގެ މުއައްސަސާތައް އިތުރަށް ކުރިއެރުއްވުމަށް ފާއިތުވި މުއްދަތުގައި ކުރެއްވި ބުރަ މަސައްކަތްޕުޅު ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަކަމުގެ ހެއްކެކެވެ.

މީގެއިތުރުން، މިއީ ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ އިތުރުން، އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތުގެ ދަށުން ދިވެހިންނާއި ދިވެހިރާއްޖެ އިސްކުރައްވައިގެން، އަވައްޓެރި ޤައުމުތަކާއި ދުރު ޤައުމުތަކާއެކު ތިލަފަތްހަމަ ގުޅުމެއް ބާއްވަވަމުން ގެންދަވާކަން ޕީއެންސީން ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާ މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް 20 އެއްބަސްވުމެއްގައި ސޮއިކުރެވުމަކީ ރާއްޖެއަށް ޙާޞިލުކުރެވުނު ބޮޑު ކާމިޔާބީއެއް ކަމަށް ޕީއެންސީގެ ބަޔާނުގައިވެއެވެ.

ޕާކިސްތާނަށް ދިވެހިރާއްޖޭގެ ވެރިޔަކު ޒިޔާރަތްނުކުރައްވާތާ 11 އަހަރު ފަހުން، ރައީސް ޑރ. މުޢިއްޒު އެ ޤައުމަށް ކުރެއްވި މި ދަތުރުފުޅަކީ އިސްލާމީ ޤައުމުތަކާއެކު ބަދަހި ގުޅުމެއް ޤާއިމުކުރެއްވުމަށް އެމަނިކުފާނު ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމުގެ ހެއްކެއް ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕީއެޗްޕީ ވެބް ޓެކްނޮލޮޖީއަށް ދިމާވި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފި
22 Oct 2026 ހަބަރު

ޕީއެޗްޕީ ވެބް ޓެކްނޮލޮޖީއަށް ދިމާވި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފި

ވެބް ޓެކްނޮލޮޖީތަކުގައި ބޭނުންކުރާ ޕީއެޗްޕީ ނިޒާމަށް ދިމާވި ނުރައްކާތެރި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން، ރާއްޖޭގެ ރަސްމީ ޑިޖިޓަލް ޚިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

މެޑަމް ސާޖިދާ، ޕާކިސްތާނުގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި؛ އަންހެނުން ބާރުވެރިކުރުވުމަށް މަޝްވަރާކުރެއްވި
22 Oct 2026 ހަބަރު

މެޑަމް ސާޖިދާ، ޕާކިސްތާނުގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި؛ އަންހެނުން ބާރުވެރިކުރުވުމަށް މަޝްވަރާކުރެއްވި

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއާ ބައްދަލުކުރައްވައިފިއެވެ.

ގްރޭޓާ މާލެ ސަރަޙައްދުގައި ފެންބޮޑުވި ސަރަޙައްދުތަކުން 367 ޓަނަށް ވުރެ ގިނަ ފެން، އެމްޓީސީސީން ހިންދައިފި
22 Oct 2026 ހަބަރު

ގްރޭޓާ މާލެ ސަރަޙައްދުގައި ފެންބޮޑުވި ސަރަޙައްދުތަކުން 367 ޓަނަށް ވުރެ ގިނަ ފެން، އެމްޓީސީސީން ހިންދައިފި

މިދިޔަ ދެ ދުވަހު ވެހުނު ބޯވިއްސާރައިގައި ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި، އެކި ސަރަޙައްދުތަކުން 367.82 ޓަނުގެ ފެން ހިންދާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ )އެމްޓީސީސީ( އިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޕާކިސްތާނުގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންފި
21 Oct 2026 ހަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޕާކިސްތާނުގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންފި

މި ޖާފަތް އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު ކަމަށްވާ، އައިވާން-އީ-ސަދްރުގައެވެ.

ރައީސްގެ ދެކަނބަލުން އިސްލާމްއާބާދުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައިފި
21 Oct 2026 ހަބަރު

ރައީސްގެ ދެކަނބަލުން އިސްލާމްއާބާދުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުންވެސް މި ޒިޔާރަތުގައި، ބައިވެރިވެވަޑައިގެންނެވިއެވެ.

ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖު އެލާޓް، ދަތުރުކުރުން މަނާ
21 Oct 2026 ހަބަރު

ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖު އެލާޓް، ދަތުރުކުރުން މަނާ

އޮރެންޖް އެލާޓް ނެރުމުން އެ އަތޮޅުތަކުގައި ކަނޑުދަތުރުފަތުރު ނުކުރުމަށް ވަނީ އަންގާފަ އެވެ.

ބޭނުންނަމަ ރާއްޖެއަށް އިތުރު ސިއްޙީ ޚިދުމަތްތެރިން ފޮނުވާނަން: ޕާކިސްތާނުގެ ބޮޑުވަޒީރު
21 Oct 2026 ހަބަރު

ބޭނުންނަމަ ރާއްޖެއަށް އިތުރު ސިއްޙީ ޚިދުމަތްތެރިން ފޮނުވާނަން: ޕާކިސްތާނުގެ ބޮޑުވަޒީރު

ރާއްޖެއިން ބޭނުންވެއްޖެނަމަ އިތުރު ސިއްޙީ ޚިދުމަތްތެރިން ފޮނުވަން ތައްޔާރު ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބުނެފިއެވެ. ދެ ޤައުމުން 20 އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އަމާޒަކީ ރާއްޖެއާއެކު އޮތް އިގްތިސާދީ މުއާމަލާތް، ދެ އަހަރުތެރޭ 200 މިލިއަން ޑޮލަރަށް އިތުރުކުރުން
21 Oct 2026 ހަބަރު

އަމާޒަކީ ރާއްޖެއާއެކު އޮތް އިގްތިސާދީ މުއާމަލާތް، ދެ އަހަރުތެރޭ 200 މިލިއަން ޑޮލަރަށް އިތުރުކުރުން

ބޮޑުވަޒީރު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް އިޤްތިޞާދީ ގުޅުމަކީ ދެ ޤައުމުގެ ޤާބިލިއްޔަތުކަން ހުރި މިންވަރު ނޫން ކަމަށެވެ