އެންމެ މުހިންމީ ރައްކާތެރި އަދި ފެންވަރު ރަނގަޅު ބޭސް ލިބޭނެކަން ކަށަވަރުކުރުން: ފަސްޓްލޭޑީ
އެންމެ މުހިންމީ ރައްކާތެރި އަދި ފެންވަރު ރަނގަޅު ބޭސް ލިބޭނެކަން ކަށަވަރުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ޕާކިސްތާނުގެ ޑްރަގް ރިލޭޝަންސް އޮތޯރިޓީއަށް ކުރެއްވި ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަނާ ވިދާޅުވީ ފެންވަރު ރަނގަޅު ބޭސް ލިބޭނެކަން ކަށަވަރުކުރުމަކީ އެ ޤައުމަކުން އެންމެ އިސްކަންދޭ ޖެހޭ ކަންތަކުގެތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
އަދި ވިދާޅުވީ ރަނގަޅު ސިއްހީ ނިޒާމެއް އޮތުމަކީ ކޮންމެ މުޖްތަމައުއަކަށް އެންމެ މުހިންމު ކަންތައް ކަމަށެވެ. އެއީ ރައްޔިތުންގެ ދުޅަހެޔޮ ކަމާއި އަންނަ އޮތް ޖީލުތަކުގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ވެސް ވިދާޅުވި އެވެ.
އެކަމަނާގެ ވާހަކަފުޅުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް ޕާކިސްތާނުން ވެދޭ އެހީތެރިކަން ފާހަަގަ ކުރެއްވި އެވެ. ރާއްޖެއާ ޕާކިސްތާނާއި އޮތީ އިހްތިރާމާއި އެކުވެރިކަމުގެ ވަރަށް ޚާއްސަ އެހާ ގާތް ގުޅުމެއް ކަމުގައިވެސްް އެކަމަނާ ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް