ދިވެހި ފުލުހުންގެ އިދާރާ
ދިވެހި ފުލުހުންގެ އިދާރާ
ހަބަރު 22 Oct 2026 | 17:12

ސްކޭމް ހިންގާ 847 މީހެއް: ތިން މަހުން ފަސް މިލިއަން ފޭރުނު، ލޯބީގެ ގުޅުންތައް ދައްކައިގެންވެސް ފޭރެނީ

ރާއްޖޭގައި ހިންގި ސްކޭމްގެ މައްސަލަތަކުގައި އާންމުންނަށް ގެއްލުނު ފައިސާގެ ތެރެއިން 3.1 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އަނބުރާ ހޯދައިދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޑިޖިޓަލް ވަސީލަތްތަކާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ މާލީ ކުށްތައް ހުއްޓުވުމަށް ދުނިޔޭގެ 30 ގައުމަކާއި ބައިނަލްއަގުވާމީ އިދާރާތައް ގުޅިގެން ހިންގި މި އޮޕަރޭޝަނުގެ މުއްދަތުގައި، ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓްކުރެވުނު މައްސަލަތަކުގައި ގެއްލުނު ފައިސާގެ ބޮޑު އިންސައްތައެއް ވަނީ ހޯދާފަ އެވެ.

މި އަހަރުގެ ޖުލައި 1 އިން ސެޕްޓެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދިޔަ މި އޮޕަރޭޝަނުގެ ތިން މަސްދުވަހުގެ ތެރޭގައި، އެންޓި-ސްކޭމް ސެންޓަރަށް ސްކޭމްގެ ޖުމްލަ 544 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. މި މައްސަލަތަކުގައި ރައްޔިތުންނަށް ޖުމްލަ 5،256،101.97 ރުފިޔާގެ ގެ މާލީ ގެއްލުން ލިބިފައިވާ ކަމަށް ރެކޯޑްކުރެވިފައިވެ އެވެ. ނަމަވެސް، ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އެޅި ހަލުވި ފިޔަވަޅުތަކާއި ކަމާގުޅުންހުރި މާލީ އިދާރާތަކާއެކު ގުޅިގެން ކުރެވުނު މަސައްކަތުން، އޭގެ ތެރެއިން 3،104،075.38 ރުފިޔާ ވަނީ އަނބުރާ ހޯދައިދެވިފަ އެވެ. މިއީ ގެއްލުނު ކަމަށް ރިޕޯޓްކުރި ޖުމްލަ ފައިސާގެ ގާތްގަނޑަކަށް 59.1 އިންސައްތަ އެވެ. މި ނަތީޖާއަކީ މާލީ މަކަރާއި ހީލަތް ހިންގާ ފަރާތްތަކުން ފައިސާ ދައުރުކުރުމުގެ ކުރިން އެ ފައިސާ ހިފެހެއްޓުމަށް އެޅުނު ފިޔަވަޅުތަކުގެ ސަބަބުން ހާސިލުކުރެވުނު ނަތީޖާއެއް ކަމަށް ފުލުހުން ބުންޏެވެ.

ސްކޭމް ހިންގާ 847 މީހަކު، 17 މީހަކު ހައްޔަރު

މި މުއްދަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި މަސައްކަތުން، ސްކޭމްގެ މުއާމަލާތްތަކާ ގުޅުންހުރި ކަމަށް ބެލެވޭ 847 ފަރާތެއް ތުހުމަތުކުރެވޭ މީހުންގެ ގޮތުގައި ވަނީ ދެނެގަނެވިފައި ކަމަށް ފުލުހުން ބުންޏެވެ. އަދި ތަހުގީގުތަކާ ގުޅިގެން 17 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން، ކުށްކޮށްގެން ހޯދާ ފައިސާ އިތުރަށް ދައުރުވިޔަ ނުދިނުމަށާއި ގެއްލުނު ފައިސާ ރައްކާތެރިކުރުމަށްޓަކައި، ބޭންކުތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅައި، ތުހުމަތުކުރެވޭ 1،088 ބޭންކު އެކައުންޓެއް ވަގުތީ ގޮތުން ވަނީ ހިފަހައްޓައި ފްރީޒްކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިއީ ސްކޭމްތަކުގެ ޝިކާރައަކަށްވީ ފަރާތްތަކުގެ މާލީ ގެއްލުން ކުޑަކުރުމަށާއި، ކުށްކުރާ ނެޓްވޯކްތަކުގެ މާލީ ހަރަކާތްތައް ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ދެކެ އެވެ.

ރާއްޖޭގައި ހުށަހެޅުނު މައްސަލަތަކުގެ ބާވަތްތަކަށް ބަލާއިރު، އެންމެ އާންމުކޮށް ހިންގާފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ނަމުގައި ހިންގާފައިވާ ސްކޭމްގެ އަމަލުތަކެވެ. އެގޮތުން ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 230 މައްސަލައަކީ އޮންލައިން ޕްލެޓްފޯމްތަކާއި ޕޭޖުތައް މެދުވެރިކޮށް މުދާ ގަތުމާއި ވިއްކުމުގެ ތެރޭގައި ހިންގާފައިވާ ސްކޭމްތަކެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ ސްކޭމްގެ މައްސަލަތަކެވެ. މި ބާވަތުގެ 107 މައްސަލައެއް މި މުއްދަތުގައި ރެކޯޑްކުރެވިފައިވެ އެވެ.

މީގެ އިތުރުން، ފަހަކަށް އައިސް ރާއްޖޭގައި އިތުރުވަމުން އަންނަ އާ ބާވަތުގެ ސްކޭމެއްގެ ގޮތުގައި ބުކިން ކެންސަލްކުރުމާއި ފައިސާ އަނބުރާ ހޯދައިދިނުން ނުވަތަ ރީފަންޑް ދިނުމުގެ ނަމުގައި އޮޅުވާލައިގެން ހިންގާ މަކަރާއި ހީލަތް ވަނީ ފާހަގަކުރެވިފައި ކަމަށް ފުލުހުން ބުންޏެވެ. މި މުއްދަތުގައި އެފަދަ 80 މައްސަލައެއް އެންޓި-ސްކޭމް ސެންޓަރަށް ހުށަހަޅާފައިވެ އެވެ. 

ހަމައެއާއެކު، އެކި އިދާރާތަކާއި މަޝްހޫރު ފަރާތްތަކާއި އާއިލާ ނުވަތަ ރައްޓެހިންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 43 މައްސަލައަކާއި، ފައިދާ ބޮޑު އިންވެސްޓްމަންޓްތަކެއް ކަމަށް ދައްކައިގެން ހިންގި 32 ސްކޭމަކާއި، އެކައުންޓްގެ ވެރިފަރާތަށް ނޭނގި ހުއްދައެއް ނެތި މުއާމަލާތް ހިންގުމުގެ 27 މައްސަލައެއްގެ އިތުރުން ލޯބީގެ ގުޅުންތައް ދައްކައިގެން ފައިސާ ހޯދުމުގެ 8 މައްސަލައެއް ވެސް ވަނީ ރެކޯޑްކުރެވިފަ އެވެ. މި ހިސާބުތަކުން ދައްކައިދެނީ، އޮންލައިން މާހައުލުގައި ކުށްކުރާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތައް ތަފާތު ގޮތްގޮތަށް ބަދަލުވަމުން އަންނަކަން ކަމުގައި ފުލުހުން ފާހަގަ ކުރެ އެވެ.

30 ގައުމަކުން 960 ސްކޭމަރަކު ހައްޔަރު

މި އޮޕަރޭޝަނުގެ ބައިނަލްއަގުވާމީ ނަތީޖާތަކަށް ބަލާއިރު، އިންޓަނެޓް މެދުވެރިކޮށް މަކަރާއި ހީލަތް ހިންގުމަށް ކުރި 123.71 މިލިއަނަށް ވުރެ ގިނަ މަސައްކަތް ވަނީ ހުއްޓުވާފަ އެވެ. އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ޝައްކުކުރެވޭ 39 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާއާއި ޑިޖިޓަލް އެސެޓް ވަނީ ދެނެގަނެވިފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 960 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް، ތުހުމަތުކުރެވޭ 3،500 އަށް ވުރެ ގިނަ ފަރާތް ވަނީ ދެނެގަނެވިފައި ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން 15،500 އަށް ވުރެ ގިނަ މީހުންނަކީ މިފަދަ ކުށްތަކުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތައް ކަން ފާހަގަކުރެވިފައިވާއިރު، ގައުމުތަކުގެ މެދުގައި 9،000 އަށް ވުރެ ގިނަ ސިއްރު މައުލޫމާތު ވަނީ ބަދަލުކުރެވިފައި ކަމުގައި ވެސް ފުލުހުން ބުންޏެވެ.

އަދި 4،126 ބޭންކު އެކައުންޓަކާއި މަކަރާއި ހީލަތް ހިންގުމަށް ބޭނުންކުރި ސޯޝަލް މީޑިއާގެ 570 އަށް ވުރެ ގިނަ އެކައުންޓް ބަންދުކޮށް، ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 29 ސްކޭމް ސެންޓަރެއް ވަނީ ރެއިޑްކޮށްފަ އެވެ. މި ނަތީޖާތައް ރަސްމީކޮށް ހާމަކޮށްފައިވަނީ، އޮސްޓްރިއާގެ ވިއެނާގައި ބޭއްވުނު އދ. ގެ ޓްރާންސްނެޝަނަލް އޯގަނައިޒްޑް ކްރައިމާ ބެހޭ މުއާހަދާގެ 13 ވަނަ ކޮންފަރެންސްގެ ހަވާސާގަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކްރިމިނަލް ކޯޓުން ނީލަމެއް: ހަލާކުވެފައިވާ ތިން ކޮންޕިއުޓަރު ވިއްކާލަނީ، ފެށޭ އަގަކީ 4،000ރ
22 Oct 2026 ހަބަރު

ކްރިމިނަލް ކޯޓުން ނީލަމެއް: ހަލާކުވެފައިވާ ތިން ކޮންޕިއުޓަރު ވިއްކާލަނީ، ފެށޭ އަގަކީ 4،000ރ

އޭގެ ތެރޭގައި ބާވެހަލާކުވެފައިވާ އޯލް އިން ވަން ތިންް ކޮމްޕިއުޓަރު ހިމެނެ އެވެ.

އެންމެ މުހިންމީ ރައްކާތެރި އަދި ފެންވަރު ރަނގަޅު ބޭސް ލިބޭނެކަން ކަށަވަރުކުރުން: ފަސްޓްލޭޑީ
22 Oct 2026 ހަބަރު

އެންމެ މުހިންމީ ރައްކާތެރި އަދި ފެންވަރު ރަނގަޅު ބޭސް ލިބޭނެކަން ކަށަވަރުކުރުން: ފަސްޓްލޭޑީ

ވިދާޅުވީ ފެންވަރު ރަނގަޅު ބޭސް ލިބޭނެކަން ކަށަވަރުކުރުމަކީ އެ ޤައުމަކުން އެންމެ އިސްކަންދޭ ޖެހޭ ކަންތަކުގެތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މެންބަރުންގެ ހެލްތު އިންޝުއަރެންސް އާންމުންނަށް ދޭން ގޮވައިލާ ޕެޓިޝަނެއް މަޖިލީހަށް
22 Oct 2026 ހަބަރު

މެންބަރުންގެ ހެލްތު އިންޝުއަރެންސް އާންމުންނަށް ދޭން ގޮވައިލާ ޕެޓިޝަނެއް މަޖިލީހަށް

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ ފަދަ ޚާއްޞަ ހެލްތު އިންޝުއަރެންސް ޕެކޭޖެއް ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް ހަމަޖައްސައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. މި ޕެކޭޖަކީ އާސިއާން، ޔޫރަޕް އަދި މެދުއިރުމަތީގެ ގާތްގަނޑަކަށް 19 ގައުމަކުން ޚިދުމަތް ލިބޭ ގޮތަށް އެކުލަވައިލެވިފައިވާ ޕެކޭޖެކެވެ.

މައްސަލަތައް ދިގުލައިގެން ނުދާނެހެން މަސައްކަތްތައް ބައްޓަންކުރަންޖެހޭ: އުއްތަމަފަނޑިޔާރު
22 Oct 2026 ހަބަރު

މައްސަލަތައް ދިގުލައިގެން ނުދާނެހެން މަސައްކަތްތައް ބައްޓަންކުރަންޖެހޭ: އުއްތަމަފަނޑިޔާރު

ދިވެހިރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ކޮންމެ ހާލަތެއްގައި ވެސް ދިގުދެމިގެން ނުދާނެ ގޮތަކަށް ޝަރީޢަތުގެ މަސައްކަތްތައް ބައްޓަންކުރުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދު ޔެލޯ އެލާޓް ނެރެފި
22 Oct 2026 ހަބަރު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދު ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޯލްޑިވިއަންއިން ޕާކިސްތާނަށް ސީދާ ދަތުރުތައް ފަށަނީ، ކަނޑުމަގުން ސީދާ ދަތުރުތައް ވެސް ފަށަނީ
22 Oct 2026 ހަބަރު

މޯލްޑިވިއަންއިން ޕާކިސްތާނަށް ސީދާ ދަތުރުތައް ފަށަނީ، ކަނޑުމަގުން ސީދާ ދަތުރުތައް ވެސް ފަށަނީ

ދެ ގައުމުން ގުޅިގެން އިގްތިސާދީ ނަފާ ހޯދޭނެ ކަމުގައި ވިދާޅުވި އެވެ.

އައްޑޫ އެއާޕޯޓުގެ އާމްދަނީ 61 މިލިއަނަށް އަރައި، ގެއްލުން 10 މިލިއަން ކުޑަކޮށްފި
22 Oct 2026 ހަބަރު

އައްޑޫ އެއާޕޯޓުގެ އާމްދަނީ 61 މިލިއަނަށް އަރައި، ގެއްލުން 10 މިލިއަން ކުޑަކޮށްފި

މިދިޔަ އަހަރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ) ގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބި، އެ ކުންފުންޏަށް ލިބެމުންދިޔަ ގެއްލުމުގެ މިންވަރުން 10 މިލިއަން ރުފިޔާ ކުޑަކުރެވިފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އެންމެ ފަހުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ

ކަނޑާއި ވައިގެ މަގުން ޕާކިސްތާނާ ދިވެހިރާއްޖެ ގުޅުވާލަންޖެހޭ: ޝެހްބާޒް
22 Oct 2026 ހަބަރު

ކަނޑާއި ވައިގެ މަގުން ޕާކިސްތާނާ ދިވެހިރާއްޖެ ގުޅުވާލަންޖެހޭ: ޝެހްބާޒް

އިއްޔެ ދެއްވި ގުޅިފައިވާ ބަޔާނުގައި ވަނީ ކުރިއަށްއޮތް ދެ އަހަރުދުވަހުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ މުޢާމަލާތްތައް 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާކަން ހާމަކުރައްވާފައެވެ. ބިޒްނަސް ފޯރަމްގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، ދެޤައުމުގެ މެދުގައި ކުރުމަށް ކަނޑައަޅާފައިވާ އިޤްތިޞާދީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ކުރިން މުހިންމު ކަންތައްތަކެއް ފުރިހަމަކުރަން ޖެހޭ ކަމަށާއި، ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ވާސިލްވެވޭނީ ދަތުރުފަތުރުގެ ވަރުގަދަ ނިޒާމަކުން ގުޅިގެން ކަމަށެވެ.