ކްރިމިނަލް ކޯޓުން ނީލަމެއް: ހަލާކުވެފައިވާ ތިން ކޮންޕިއުޓަރު ވިއްކާލަނީ، ފެށޭ އަގަކީ 4،000ރ
ކްރިމިނަލް ކޯޓްގައި ހުރި ތަކެތީގެ ތެރެއިން ވާބެހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔަން ނިންމައިފި އެވެ.
އެ ކޯޓުން ބުނީ މި މަހުގެ ހަތަރުވަނަ ދުވަހު ކުރިއަށް ގެންދިޔަ ނީލަމުގައި ނުވިކި ހުރި ތަކެތި އަލުން ނީލަން ކިޔުން ކްރިމިނަލް ކޯޓުގެ މާލެ އިމާރާތުގައި މި މަހުގެ 29 ވަނަ ދުވަހު އޮންނާނެ ކަމަށެވެ. އެ ދުވަހުގެ ނީލަމުގައި ޖުމްލަ 41 އައިޓަމެއް ވިއްކާލަން ވަނީ ހަމަޖެހިފަ އެވެ.
އޭގެ ތެރޭގައި ބާވެހަލާކުވެފައިވާ އޯލް އިން ވަން ތިންް ކޮމްޕިއުޓަރު ހިމެނެ އެވެ. މި ތަކެތީގެ ފެށޭ އަގަކީ 4,000ރ އެވެ. އަދި ފަހަރަކު 400 ރުފިޔާ އިތުރުކުރެވޭނެ އެވެ. މީގެ އިތުރުން ކީބޯޑާއި ލޮކަރާއި މައިކް ފަދަ ތަކެތިވެސް އެ ދުވަހުގެ ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް