އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު ފަސްކޮށްފި އެވެ.
އެލްޖީއޭ އިން ވަނީ ކުރު ބަޔާނެއް ނެރެ އެކަން ހާމަކޮށްފަ އެވެ. އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ. އިންތިހާބު ފަސްކުރުމަށް ނިންމާފައިވަނީ އިންތިހާބާއި ގުޅިގެން ކުރަން ޖެހޭ މުހިންމު މަސައްކަތްތަކެއް ނިމިފައިނުވާތީ ކަމަށް ވަނީ ބުނެފަ އެވެ.
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު ކުއްލި ގޮތަކަށް ފަސްކުރީ ޕާޓީތަކުން ނެރޭނެ ކެންޑިޑޭޓުން ވެސް ކަނޑައަޅާފައިވަނިކޮށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް