ޢިލްމުވެރިންގެ ގުޅުމުގެ ބައެއް ޢިލްމުވެރިން
ޢިލްމުވެރިންގެ ގުޅުމުގެ ބައެއް ޢިލްމުވެރިން
ހަބަރު 25 May 2026 | 11:28

ޢީދު ފާހަގަކުރާއިރު ފާހިޝްކަންކަމާއި މުންކަރާތްތަކުން ދުރުހެލިވުމަށް ޢިލްމުވެރިންގެ ގުޅުމުން އިލްތިމާސްކޮށްފި

ޢީދު ފާހަގަކުރުމުގެ ގޮތުން ހިންގާ އެކި ހަރަކާތްތަކުގައި ފާހިޝް ކަންކަމާއި މުންކަރާތްތަކުން ދުރުހެލިވުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ޖަމްޢިއްޔާއެއް ކަމަށްވާ "ޢިލްމުވެރިންގެ ގުޅުން" އިން ދިވެހި ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.

ޢިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޢީދަކީ މުސްލިމުންނަށް މާތްالله ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެއް ކަމަށެވެ. އަދި އެއީ މަތިވެރި އަޅުކަންތަކެއް އަދާކުރުމަށްފަހު، އެކަމުގެ ހެޔޮ ތައުފީގު ދެއްވިކަމަށްޓަކައި ޝުކުރުވެރިވުމުގެ މާތް ދުވަސްތަކެއްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ޢީދުގެ ކަންކަން އިންތިޒާމްކުރާ ފަރާތްތަކުން މާތްالله ގެ ޢަޒާބަށް ބިރުވެތިވެ، ބައެއް މުހިންމު ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ ޖަމްޢިއްޔާއިން ވަނީ ގޮވާލާފައެވެ.

ފާހިޝް ކަންތަކާއި މުންކަރާތްތަކުން ދުރުހެލިވުން

ބަޔާނުގައި ބުނީ، ޢީދު ކުޅިވަރުގެ ނަމުގައި ދެ ޖިންސު މަސްހުނިވެ ހިންގާ ހަރަކާތްތަކާއި، މިއުޒިކްގެ ޙަރަކާތްތައް ބޭއްވުމަކީ ދީނީ ގޮތުން ހުއްދަ ކަންކަމެއް ނޫން ކަމަށެވެ. އަދި ފިރިހެނުންނާއި އަންހެނުންވެސް ޢައުރަ ނިވާ ނުވާ ގޮތަށް ހިންގާ ހުރިހާ ޙަރަކާތްތަކަކުންނާއި، އިސްލާމީ އަދަބު އަޚްލާޤާ ޚިލާފު އެންމެހައި ކަންކަމުން ދުރުހެލިވުމަށް ޢިލްމުވެރިން ވަނީ ނަޞޭޙަތްތެރިވެފައެވެ.

ފަރުޟު އަޅުކަންތަކަށް ރައްކާތެރިވުން

ކުޅިވަރުގެ ފޯރީގައި އިސްލާމްދީނުގެ އެންމެ މުހިންމު ތަނބު ކަމުގައިވާ ފަރުޟު ފަސް ނަމާދު ލަސްކުރުމާއި، ނަމާދަށް ފަރުވާކުޑަކުރުމުގެ ނުބައި ފާފައިން ދުރުހެލިވުމަށް ބަޔާނުގައި ބާރުއަޅާފައިވެއެވެ.

ބެލެނިވެރިންނާއި މުއައްސަސާތަކުގެ ޒިންމާ

ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، ރަށު ކައުންސިލްތަކާއި ޖަމްޢިއްޔާތަކުން ޢީދު ޙަރަކާތްތައް އިންތިޒާމްކުރަންވާނީ އިސްލާމީ މިންގަނޑުތަކަށް ފެތޭނެ ގޮތަށް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ބެލެނިވެރިންވެސް ދަރިން ބައިވެރިވާ ޙަރަކާތްތަކަކީ ދީނީ އިމުގެ ތެރޭގައި ހިންގާ ކަންކަންތޯ ފާރަވެރިވާންޖެހޭނެ ކަމަށް ބުންޏެވެ.

މިކަމާ ގުޅޭގޮތުން ރަސޫލާ ﷺ ގެ ޙަދީޘްބަސްފުޅެއް ކަމުގައިވާ "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީވެސް ބެލެނިވެރިއެކެވެ. އަދި އެ މީހެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހުންނާ ބެހޭ ގޮތުން އެ މީހަކާ ސުވާލުވެވޭނެއެވެ." މި ޙަދީޘްބަސްފުޅު ބަޔާނުގައި ހަނދާންކޮށްދީފައިވެއެވެ.

އިސްލާމީ ރިވެތި އާދަތައް ދިރުވުން

ޢީދަކީ ހަމައެކަނި ކުޅިވަރާއި މަޖަލެއް ނޫންކަން ފާހަގަކުރަމުން، އެއީ ގާތްތިމާގެ މީހުންނަށް ޒިޔާރަތްކުރުމާއި، ހަދިޔާ ބަދަލުކުރުމާއި، މުސްލިމުންގެ މެދުގައި ގުޅުން ބަދަހިކޮށް ފަޤީރުންނަށް އެހީތެރިވާންޖެހޭ ދުވަސްތަކެއް ކަމަށް ޢިލްމުވެރިންގެ ގުޅުމުން ބުނެއެވެ.

ޢިލްމުވެރިންގެ ބަޔާން ނިންމާލާފައިވަނީ، މި ޢީދަކީ ދިވެހި އުންމަތަށް ހެޔޮ ވިސްނުމާއި ސުލްޙަވެރިކަން ލިބިގެންދާނެ އުފާވެރި ޢީދެއް ކަމުގައި ލެއްވުމަށް އެދި ދުޢާކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއަށް ދިނުން ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް: ޢިލްމުވެރިންގެ ގުޅުން
19 Nov 2026 ހަބަރު

ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއަށް ދިނުން ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް: ޢިލްމުވެރިންގެ ގުޅުން

ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ތަރައްޤީކުރުމަށް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ކުރިއަށް ނުގެންގޮސް، ފައިނަލް އެއްބަސްވުމުގައި ސޮއިނުކޮށް އެ މަޝްރޫޢު މިހާރުން މިހާރަށް ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް ކަމަށް ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ.