ނިއުއާ ގުޅިގެން ފޮނަދޫގައި ފެށި އެކެޑަމީ
ނިއުއާ ގުޅިގެން ފޮނަދޫގައި ފެށި އެކެޑަމީ
ކުޅިވަރު 23 Jan 2023 | 05:50

ނިއުރޭޑިއަންޓްއިން އުނގޫފާރުގައި ފުޓްބޯޅަ އެކަޑަމީއެއް ފަށަނީ

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފަރާތުން މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރުގައި ސްޕޯޓްސް އެކަޑަމީއެއް ހުޅުވަން ނިންމައިފިއެވެ.

މި އެކެޑަމީ ހުޅުވަން ހަމަޖެހިފައި ވަނީ މި އަހަރުގެ މާރޗް މަހުގައެވެ.

އުނގޫފާރު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީ ކުރުމުގެ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ފުޓްބޯޅައަށް މޮޅު، ކުޅަދާނަ ދަރިންތަކެއް އުފެއްދުމުގެ މަތިވެރި މަޤުޞަދުގައި، ނިއުރޭޑިއަންޓްގެ ފަރާތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފުޓްބޯޅަ އެކަޑަމީ ހިންގުމަށް ކުރާ މަސައްކަތުގެ ދަށުން، އެރަށުގައިވެސް އެކަޑަމީއެއް ހުޅުވަން ހަމަޖެހިފައި ވާކަމަށެވެ.

އެގޮތުން 16 އަހަރުންދަށް، 14 އަހަރުންދަށް، 12 އަހަރުންދަށް، 9 އަހަރުންދަށް އަދި 7 އަހަރުންދަށް މި އުމުރުފުރާތަކަށް އެކަޑަމީ ހިންގުމަށް ނިންމާފައި ވާކަމަށް ކައުންސިލުން ބުނެއެވެ.

ބައިވެރިވާ ކޮންމެ ކުއްޖެއްގެ އަތުން މަހުފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 300 ރުފިޔާއެވެ.

އަދި އެޕްލިކޭޝަން ފޯމާއިއެކު އަލަށް ވަންނަ ކޮންމެ ކުއްޖެއްގެ އަތުން، އެކަޑަމީ ޖާރޒީ ކިޓް ފީގެ ގޮތުގައި ނެގުމަށް ގަސްދުކޮށްފައިވާ އަދަދަކީވެސް 300 ރުފިޔާ ކަމަށާއި މި ފީއަކީ ޖާރޒީ، ސޯޓް އަދި ސްޓާކީން ކުއްޖާއަށް ދިނުމަށްޓަކައި ނެގޭ ފީއެއް ކަމަށް އުނގޫފާރު ކައުންސިލްގެ އިއުލާނުގައި ވެއެވެ.

އެހެންކަމުން ނިއުރޭޑިއަންޓް އެކަޑަމީއަށް ވަނުމަށް ބެނުންވާ ކުދިން، މި މަހުގެ ނިޔަލަށް އެކަޑަމީއަށް ވަނުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް، ޖާރޒީ ކިޓް ފީއާއި އެކު އުނގޫފާރު ކައުންސިލްގެ އިދާރައަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

އެކަޑަމީއަށް ވަނުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމް އުނގޫފާރު ކައުންސިލްގެ އިދާރައިން ލިބެން ހުންނާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

އުނގޫފާރުގައި 11 ސްޕެޝަލިސްޓުންގެ ޓީމަކާ އެކު ސާޖިކަލް ކޭމްޕެއް ފަށައިފި
17 Sep 2026 ހަބަރު

އުނގޫފާރުގައި 11 ސްޕެޝަލިސްޓުންގެ ޓީމަކާ އެކު ސާޖިކަލް ކޭމްޕެއް ފަށައިފި

ރ. އުނގޫފާރުގައި "ސާޖިކަލް ކޭމްޕް 2026" ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަން ކޭމްޕެއް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ޞިއްޙީ ވުޒާރާއާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި އުނގޫފާރު ރީޖަނަލް ހޮސް...

އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
14 Sep 2026 ހަބަރު

އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ

ރ.އަތޮޅު ފުއްގިރީގައި ޖަހާފައި ހުރި އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވ...

އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
14 Sep 2026 ހަބަރު

އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ

ރ.އަތޮޅު އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު އަސުރުފަހުގެ ވަގުތެއްގައެވެ. މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ ރ.އަލިފު...

އުނގޫފާރު ކުނި ކޮށީގައި ރޯވެ އަލިފާނުގެ ހާދިސާއެއް
10 Apr 2026 ހަބަރު

އުނގޫފާރު ކުނި ކޮށީގައި ރޯވެ އަލިފާނުގެ ހާދިސާއެއް

ރ. އުނގޫފާރު ކުނިކޮށީގައި އަލިފާން ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ، މިއަދު ހެނދުނު 09:57 އެހައިކަންހާއިރުއެވެ. އަދި ފުލުހުން ކުރި މަ...

ވޮރަންޓީނެތި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އަގުބޮޑެތި މެޝިނަރީ ގަތް މައްސަލަތަކެއް
06 Apr 2026 ހަބަރު

ވޮރަންޓީނެތި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އަގުބޮޑެތި މެޝިނަރީ ގަތް މައްސަލަތަކެއް

ވޮރަންޓީ ނެތި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އަގުބޮޑެތި މެޝިނަރީތަކެއް ގަނެފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ ދައުލަތުގެ އޮޑިޓް އޮފީހުން ނެރުނު އުނގޫފާރު ރީޖަނަލް ...

ބިދޭސީންވެސް އިސްތިސްނާ ނުވާގޮތަށް އެންމެނަށް އުނގުލަށް އެރޭގޮތަށް ބަދަލުކޮށްފި
26 Mar 2026 ހަބަރު

ބިދޭސީންވެސް އިސްތިސްނާ ނުވާގޮތަށް އެންމެނަށް އުނގުލަށް އެރޭގޮތަށް ބަދަލުކޮށްފި

ބިދޭސީންވެސް އިސްތިސްނާ ނުވާގޮތަށް ހުރިހާ އެންމެނަށް އުނގުލަށް ދެވޭގޮތަށް ރ.އުނގޫފާރު ކައުންސިލުން ކުރިން ނިންމި ނިންމުން ބަދަލުކޮށްފިއެވެ. އުގުލަށް އެރުމާ ގުޅޭގޮތުން އުނގޫފާރު ކައުންސިލުން މީގެ ކުރިނ...