އުނގޫފާރުގައި 11 ސްޕެޝަލިސްޓުންގެ ޓީމަކާ އެކު ސާޖިކަލް ކޭމްޕެއް ފަށައިފި
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ރ. އުނގޫފާރުގައި "ސާޖިކަލް ކޭމްޕް 2026" ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަން ކޭމްޕެއް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ޞިއްޙީ ވުޒާރާއާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ހިންގާ މި ކޭމްޕުގައި 11 ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމެއް ހަރަކާތްތެރިވެއެވެ.
މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ހަރަކާތުގެ ބޭނުމަކީ މުޖުތަމަޢަށް ބޭނުންވާ ޚާއްޞަ ސާޖިކަލް ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.
ތިން ދުވަހުގެ މި ކޭމްޕަކީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ބާއްވާ މިފަދަ ތިން ވަނަ ކޭމްޕެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް