އުނގޫފާރު ނެރަށް އުރުނު ބޮޓު.. ފޮޓޯ: އުނގޫފާރު.ކޮމް
އުނގޫފާރު ނެރަށް އުރުނު ބޮޓު.. ފޮޓޯ: އުނގޫފާރު.ކޮމް
ހަބަރު 14 Sep 2026 | 17:13

އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ

ރ.އަތޮޅު އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު އަސުރުފަހުގެ ވަގުތެއްގައެވެ. މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ ރ.އަލިފުއްޓަށް ނިސްބަތްވާ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ. ބޯޓު އުރުމާއެކު ރައްޔިތުންގެ އެހީއާއެކު ވަނީ ބޯޓު ފުންކުރުމުގެ މަސައްކަތް ފަށާފައެވެ.

ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަނީ

މަުއުލޫމާތު ލިބޭގޮތުގައި ބޯޓު އުރުނުއިރު، އޭގައި މުދާ ހުއްޓެވެ. ބޯޓުން މުދާ ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ބޯޓުގައި އެކި ރަށްރަށު މީހުން ގެނެސްފައިވާ މުދާ ހުރިކަމަށް މައުލޫމާތު ލިބެއެވެ.

ބޯޓުގައި ހުރި މުދާތައް އުނގޫފާރަށް ހުސްކުރަނީ..

އުނގޫފާރު ނެރަކީ ވަރަށް ގިނައިން ބޯޓުފަހަރު އުރުމުގެ ހާދިސާތައް ހިނގާ ނެރެކެވެ. މީގެ ކުރިން އެފްއެސްއެމް ބޯޓަކާއި އެމްޓީސީސީގެ ކޮޅުވެއްޓިއެއްވެސް ވަނީ އުނގޫފާރު ނެރުފައިަކއްޓަށް އަރާފައެވެ. މި ނެރަކީ ގަދަ ދުވަސްވަރު ދަތުރުކުރަން ވަރަށް ނުރައްކާ ސަރަހައްދެއްގެ ގޮތުގައިކަމަށް ކެޕްޓަނުން ފާހަގަކުރާ ހިސާބެކެވެ.

ފޯސީ ބޯޓަކީ މީގެ ކުރިން ފަރަށް އެރުމުގެ ރެކޯޑް އޮންނަ ބޯޓެކެވެ. އެގޮތުން 2014 ވަނަ އަހަރު އެ ބޯޓު ރީތިރަށް ރިސޯޓު ކައިރީގައި އޮންނަ ބޮޑުހިތި ފަރަށް އެރިއިރު އެފަހަރު ބޯޓު ފުންކޮށްފައިވަނީ 7 ގަޑިއިރުގެ މަސައްކަތަށްފަހުއެވެ. މީގެ އިތުރުން 2015 ވަނަ އަހަރުވެސް ޒިޔާަރަތްފުށި ކައިރިއަށް އެ ބޯޓު ފަރަށް އެރިއެވެ. އެ ހާދިސާގައި ބޯޓުން ދަތުރުކުރި 72 މީހަކު މާލެ ގެނައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

އެކްސްރޭ މެޝިން ހަލާކުވެ، އެ ޚިދުމަތް ހަމައެކަނި ކުއްލި ޙާލަތްތަކަށް - އުނގޫފާރު ހޮސްޕިޓަލް
20 Oct 2026 ހަބަރު

އެކްސްރޭ މެޝިން ހަލާކުވެ، އެ ޚިދުމަތް ހަމައެކަނި ކުއްލި ޙާލަތްތަކަށް - އުނގޫފާރު ހޮސްޕިޓަލް

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މައި އެކްސްރޭ މެޝިން ހަލާކުވެ، އާންމުކޮށް އެކްސްރޭގެ ޚިދުމަތް މެދުކެނޑިފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވުމުގެ ސަބަބުން، އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.